އެމްޑީޕީގެ ހުޅުމާލެ ދާއިރާގެ ޓިކެޓް އަލީ ނިޔާޒަށް!

މިއަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުޅުމާލޭ ދާއިރާގެ އެމްޑީޕީ ޓިކެޓް، އެޕާޓީގެ ޑެޕިއުޓީ ޗެއަރޕާސަން އަލީ ނިޔާޒް ކާމިޔާބު ކުރައްވައިފިއެވެ.
ނިޔާޒް އެ ޓިކެޓް ކާމިޔާބު ކުރެއްވީ 179ވޯޓުންނެވެ.
ނިޔާޒްއާއި ދެކޮޅަށް ވާދަކުރެއްވި އަބްދުލްހަލީމް އަބްދުﷲ އަށް ލިިބިވަޑައިގެންނެވީ 77 ވޯޓެވެ.
އަލީ ނިޔާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އާއިލީ ބޭފުޅެކެވެ. އަދި އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ