ބ ކިހާދޫ ޓިވެކް ސެންޓަރުގެ 2018 އިގެ ދަސްވެނިވުން

އެސެންޓަރުގައި ބޭއްވި ރަސްމިޔާތުގައި މި ދަރިވަރުންނަށް ދަސްވެނިވުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޓިވެކްގެ އެކެޑަމިކް ޑައިރެކްޓަރ ނާޝިހް ޖަމާލްއެވެ.
ދަސްވެނިވުނު ކަމުގެ ލިޔުން ހަވާލުކޮށްފައިވަނީ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރ ޓިވެކުން ހިންގާފައިވާ 3 ކޯސްކަމަށްވާ ޑީސަލްއާ ޕެޓްރޯލް އިންޖީނު މަރާމާތުކުރުމާ، އިލެކްޓްރިޝަން، އަދި އެއަރ ކަންޑިސަން ރެފްރިޖަރޭޝަންއިން ލެވަލް 3 ހާސިލް ކުރި 44 ދަރިވަރަކަށެވެ.
މިރަސްމިއްޔާތުގައި އެސެންޓަރަށް އެކި ގޮތްގޮތުން އެޙީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކުރިއެވެ.
ހަނދާނީ ފިލާތައް ހަވާލުކޮށްދެއްވީ ކޯސްޓްލައިން ފައުންޑޭޝަންގެ ރައީސާ ޝަބީނާ އަޙްމަދު މަނިކާއި، ކޯސްޓަލައިންގެ ޑައިރެކްޓަރ ހުސެއިން މުހައްމަދުގެ އިތުރުން ޓިވެކްގެ އެގްޒެކެޓިވް ޑައިރެކްޓަރ މުޙައްމަދު ނަޒީފްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ