ރޭ ދަންވަރު ކަރަންޓު ކެނޑުނީ އަލަށް އިންސްޓޯލް ކުރި ޖަނެރޭޓަރެއް ފެއިލްވެގެން: ފެނަކަ

އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ރޭ ދަންވަރު ކަރަންޓު ކެނޑުނީ ގުޅިފައިވާ އިންޖީނުގޭގައި އަލަށް އިންސްޓޯލްކުރި 2 ޖަނެރޭޓަރުގެ ތެރެއިން ޖަނެރޭޓަރެއް ފެއިލްވެގެން ކަމަށް ފެނަކަ އައްޑޫ ރީޖަނަލް އޮފީހުން ބުނެފިއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ދެއްވަމުން ފެނަކަ އައްޑޫ އޮފީހުގެ އިސް ބޭފުޅަކު ވިދާޅުވީ، ކަރަންޓު ކެނޑުނީ 2.2 މެގަވޯޓުގެ އެއް ޖަނެރޭޓަރު ފެއިލްވެގެން ކަމަށާއި ނަމަވެސް މިހާރު އެ މައްސަލަ ހައްލުކުރެވިފައިވާ ކަމަށެވެ.
އަލަށް ބެހެއްޓި ޖަނެރޭޓަރުތައް އިންސްޓޯލްކޮށް ކަރަންޓު ދޫކުރަން ފެށީ ފާއިތުވި ހަފުތާގެ ތެރޭގައެވެ. ފެނަކައިން މީގެ ކުރިން ބުނެފައި ވަނީ އާ ޖެނެރޭޓަރުތަކުން ކަރަންޓު ދޫކުރަން ފެށުމުގެން އައްޑޫގެ ކަރަންޓްގެ މައްސަލަ އެއްކޮށް ހައްލު ވާނެ ކަމަށެވެ.
ރޭ ދަންވަރު 1:15 އެހާކަށް ހާއިރު އައްޑޫގެ ގުޅިފައިވާ ހުރިހާ އަވަށަކުން ކަރަންޓު ކެނޑުމަށް ފަހު އަލުން ކަރަންޓު ލިބުނީ އޭގެ ބައިގަޑި އިރު ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ