ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ކަމަށްވާނަމަ ރައީސް ޔާމީން ފަޅިއަށްވެސް އަދި ކުރީގެ ރައީސް ނަޝީދު ފަޅިއަށްވެސް ނާރުއްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބު ކޮންމެ ކެންޑިޑޭޓަކަށްވެސް ކާމިޔާބުވެފައިވަނީ ތިންވަނަ ފަރާތެއްގެ އެހީތެރި ކަމާއެކުގައި ކަމަށެވެ.
އުމަރު ވިދާޅުވީ ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް އޭނާ އަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
"އެންމެ ފުރަތަމަ ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވެސް ވަކި ފަޅިއެއް ނުނަގަން. މިފަހަރުވެސް އަމަލު ކުރާނީ އެގޮތަށް. އެކަމަކު އެގޮތަށް އަމަލު ކުރާނީ ދެވަނަ ބުރުގައި ރައީސް ނަޝީދާއި ރައީސް ޔާމީން ވާދަ ކުރައްވާނަމަ" އުމަރު ވިދާޅުވިއެވެ.
އުމަރު ވަނީ އިދިކޮޅު ކޯލިޝަނުން ކެންޑިޑޭޓެއް ނުދެއްކުނު ކަމަށް ބުނެ އޭނާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކުރައްވައިފަ އެވެ. އަދި އޭނާގެ މެނިފެސްޓޯ ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން އުމަރު ފައްޓަވާފައިވާ އިރު ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ކެމްޕެއިން ފައްޓަވައިފަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވާފަ އެވެ.
މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އުމަރުވަނީ އޭނާ އެންމެފަހުން ހުންނެވި ޖުމްހޫރީ ޕާޓީން ވެސް ވަކިވެވަޑައިގެންފައެވެ.
އިންތިޚާބުގެ ދެވަނަ ބުރުގައި އުމަރު ހުންނަވާނީ "ހުސްކޮށް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ