އައްޑޫގައި ފުލުހަކަށް ހަމަލާދީ ޒަހަމުކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި

އައްޑޫ ސިޓީގައި މި ރޭ ފުލުހުންނާއި ސިފައިން ބަންދުކޮށްފައި އޮތް ސަރަޙައްދަކަށް ގަދަކަމުން ބަޔަކު ވަދެގަނެ ހަމަނުޖެހުންތަކެއް ހިންގި ކަމަށާއި އެ ހަމަނުޖެހުމުގެ ތެރޭގައި ފުލުހަކަށް ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މި ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވާހަކަފުޅު ދައްކަވަމުން ދިޔަ އިރު އެ ސަރަހައްދު، ފުލުހުންނާއި ސިފައިން ބަންދުކުރި ކަމަށާއި ފުލުހުން ބަންދުކޮށްފައި އޮތް ސަރަޙައްދަށް ގަދަކަމުން ބަޔަކު ވަންނަން މަސައްކަތް ކުރުމުން ފުލުހުން އެކަން ހުއްޓުވި ކަމަށެވެ.
ފުލުހުން ބުނީ، ފުލުހުން އެމްޑީޕީ ހަރުގެ އަށް މިރޭ ހަމަލާ ދިން ކަމަށް ފަތުރާ އަޑަކީ ދޮގެއް ކަމަށާއި އަދި ބައެއް މީހުންނަށް އަނިޔާކުރި ކަމަށް ބުނެ، ދައްކަނީ ވެސް ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މިރޭ ހިނގި އެކަންތައްތަކާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ފުލުހުން ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މިރޭ ފުލުހުންނާއި ސިފައިން ބަންދުކޮށްފައި އޮތް ސަރަޙައްދަށް ބަޔަކު އައިސް ގަދަކަމުން ވަދެ، އެ ސަރަޙައްދުގައި ހަރަކާތްތެރިވި ސީނިއާ ފުލުހަކަށް ޙަމަލާދިން މައްސަލަ މިހާރު ތަޙުޤީޤް ކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ