ރައީސް އަވަހާރަކޮށްލަން 40 ދުވަސް ތެރޭގައި ތިން ފަހަރު މަސައްކަތް ކުރި - އުމަރު

މިދިޔަ 40 ދުވަސް ތެރޭގައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަވަހާރަ ކޮށްލުމަށް ތިން ފަހަރު މަސައްކަތް ކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރ، އަދި ރައީސުލްޖުމްހޫރިއްޔާ އެކުލަވާލި އިންކުއަރީ ކޮމިޝަނުގެ ކޯޗެއަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޕަބްލިކް ސާވިސް މީޑިޔާގައި ހޯމް މިނިސްޓަރ އުމަރާ ހަވާލާދީ ލިޔެފައިވަނީ، އެ ތިން ހަމަލާއަކީ ރިޔާސީ ލޯންޗުކޮޅުގައި ދެވުނު ހަމަލާއާއި، އަމާޒަށް ބަޑި ޖަހާ މީހަކު ހަތިޔާރުގެ ބޭނުންކޮށްގެން ދިނުމަށް ރޭވި ހަމަލާއާއި، މުލީއާގެ ކައިރީގައި އެއްޗެއް ގޮއްވާލައިގެން ދިނުމަށް ރޭވި ހަމަލާއެވެ.
 
1. ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވުުން
2. އަމާޒަށް ބަޑި ޖަހައިގެން ރައީސް އަވަހާރަކޮށްލަން ރޭވި ހަމަލާ
3. މުލީއާގެ ކައިރީގައި އެއްޗެއް ގޮއްވާލަން ރޭވި ހަމަލާ
 
ރައީސުލްޖުމްހޫރިއްޔާ އަވަހާރަަކޮށްލުމަށް ރޭވުންތަކެއް ރާވަމުން ގޮސްފައިވާ އިރު، ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ނޮވެމްބަރު ހަތަރުވަނަ ދުވަހުން ފަށައިގެން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައެވެ. މިއާއި އެކު، ސަލާމަތީ ބާރުތަކުން މިހާރު ދަނީ، ރައީސުލްޖުމްހޫރިއްޔާ އަވަހާރަ ކޮށްލުމަށް ރާވާފައިވާ މައްސަލަތައް ތަހްޤީޤު ކޮށް، މި މައްސަލަތަކާއި ގުޅިގެން ބަލައި ފާސްކުރަންޖެހޭ ތަންތަން ބަލައި ފާސްކުރަމުންނެވެ.
މި އޮޕަރޭޝަންތަކުން، ނުރައްކާތެރި ހަތިޔާރާއި، ގޮވާ ޒާތުގެ ތަކެތި ހެދުމަށް ބޭނުންކުރާ ބައެއް އެއްޗެހި ވެސް ދަނީ ފެންނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ