އަމީރު އަހުމަދު ހިންގުމުގެ ވަގުތީ ހުއްދައެއް ދީފި

އަމީރު އަހުމަދު ސުކޫލު ހިންގުމުގެ ވަގުތީ ހުއްދައެއް އަބުދުއްރަޝީދަށް ދޫކޮށްފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން އައިލެންޑާސް ކުންފުނީގެ ޑިރެކްޓަރ އަހުމަދު އަދުލީ ރަޝީދު ވިދާޅުވީ ވަގުތީ ހުއްދައެއް ދީފައިވަނީ މިއަދު މެންދުރު 2:30 ގައި ބޭއްވި ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކަށް ރިއާޔަތްކޮށް އަމީރު އަހުމަދު ކުރިން ރަޖިސްޓްރީކޮށްފައިވާ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ހިންގުމަށް ކަމަށެވެ.
"އެތަނަށް އަދި އެއްވެސް ބަދަލެއް ނުގެނެސް ހިންގުމަށް އެޑިއުކޭޝަނުން ހަވީރު ވަގުތެއްގައި ހުއްދައެއް ދޫކޮށްފައިވަނީ،އެއްވެސް ބަދަލެއް ނުގެނެސް ހިންގުމަށް،" އަދުލީ ރަޝީދު ވިދާޅުވިއެވެ.
އަމީރު އަހުމަދު އަބުދުއްރަޝީދަށް ދޫކޮށްފައިވަނީ ސިޓީ ކައުންސިލާއި ދެމެދު ވެވުނު އެއްބަސްވުމަކަށްފަހުއެވެ. އެމައްސަލާގައި އެޑީއުކޭޝަނުންވަނީ ކޯޓަށް ގޮސް ވަގުތީ އަމުރެއް ވެސް ހޯދާފައެވެ.
އަމީރު އަހުމަދު ޕްރީ ސުކޫލުގައި 864 ދަރިވަރަކު ތައުލީމު ހާސިލު ކުރަމުން ގެންދާ އިރު 70 މުވައްޒަފުން އެތަނުގައި މަސައްކަތް ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ