މެންބަރުކަންކޮށްފައިވާ ފަރާތްތަކަށް ދޭ އިނާޔަތެއް ބޭނުމެއްނޫން : އަނާރާ ނައީމް

މެންބަރުކަމުގައި ހުރެ ފަސް އަހަރުގެ ދައުރު ފުރިހަމަވުމުން އިތުރު އިނާޔަތެއް ބޭނުން ނޫންކަމުގައި މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.
އަނާރާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެންބަރު ކަމުގައި ހުރެ ފަސް އަހަރުގެ ދައުރު ފުރިހަމަވުމުން އިތުރު އިނާޔަތެއް ބޭނުންނޫން ކަމަށާއި މެންބަރުކަމުގައި ހުރި އިރު ލިބުނު މުސާރަވެސް ހޭދަކޮށްފައިވަނީ ދާއިރާއާއި ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އަނާރާ މިހެން ވިދާޅުވެ ޓްވީޓު ކުރެއްވުމުން ގިނަ ބަޔަކު އަންނަނީ އެކަމަށް ތައުރީފު ކުރަމުންނެވެ.
އަނާރާ މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ކޮންމެ މީހަކަށް، ދޭން ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ އިނާޔަތްތައް އިތުރުކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވާފައި ވަނިކޮށެވެ. ނިމިދިޔަ މަޖިލީސް އިންތަޚާބުގައި ވާދަކުރައްވައި އަނާރާވަނީ ނާކާމިޔާބުވެފައެވެ. މަކުނުދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާއީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ