މީހެއްގެ އަތުން ފައިސާތަކެއް ފޭރެން އުޅުނު މީހަކު ބަންދުކޮށްފި

ފައިސާތަކެއް ހިފައިގެން ސައިކަލެއްގައި ދިޔަ މީހެއްގެ ސައިކަލް ކުރިމައްޗަށް އަރައި އޭނާ އަތުން ފައިސާ ފޭރިގަންނަން އުޅުނު ދެމީހެއްގެ ތެރެއިން އެކަކު ބަންދުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިޙާދީސާގައި ބަންދުކޮށްފައިވަނީ 18 އަހަރުގެ ޒުވާނެކެއެވެ. އޭނާއާ ބައިވެގެން ފޭރެން އުޅުނު މީހާ ވަނީ ފުލުހުންނަށް ފިލައިފައެވެ.
މިހާދިސާ ހިގާފައިވަނީ ރޭ 11:30 އެހައިކަންހާއިރު މާލޭ ފަރީދީ މަގުގައި ހުންނަ ފަތަހަ ސުންބުލި ކައިރިންނެވެ. ފޭރެން އުޅުނު ދެ މީހުންވެސް ތިބީ ހެލްމެޓު އަޅައިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފައިސާ ހިފައިގެން ދިޔަ މީހާ މަގުމަތިން ހުއްޓުވައި އޭނާ އަތުން ފޭރެން އުޅުނު މަންޒަރު ފެނިފައިވަނީ އެވަގުތު އެރަސަޙައްދުގައި އުޅުނު ދެ ފުލުހަކަށެވެ. ފުލުހުންނަށް މަންޒަރު ފެނުމުން ވަނީ "ފޭރެން މަސައްކަތްކުރަން އުޅުނު އެކަކުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ބަންދުކޮށްފައި ދެވަނަ މީހާ ވަނީ ފިލާފައި" ފުލުހުން ވިދާޅުވިއެވެ.
ގިނަ އަދަދެއްގެ ފައިސާ ހިފައިން ދަތުރު ކުރާނަމަ ފުލުހުންގެ އެހީތެރިކަން ހޯދަން ފުލުހުން ވަނީ އިލްތިމާސް ކރައްފވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ