މި ސަރުކާރުގެ ހޯމް މިނިސްޓަރަކަށް ހުންނެވުމަށްފަހު މިދިޔަ މަހު އިސްތިއުފާދެއްވި އުމަރު ނަސީރު، ވަޅި ހިފައިގެން ތިބި ބަޔަކު އޭނާއަށް ހަމަލާދޭން ރޭ މަސައްކަތްކޮށްފައިވާ ކަމަށް ބުނެފައިވަނިކޮށް، ދިވެހި ފުލުހުން އޭނާއަށް ސެކިއުރިޓީ ދޭން ފަށާފައިވާ ކަމަށް މިރޭ އޭނާ ވިދާޅުވެއްޖެއެވެ.
އެކަން ހާމަކޮށް އުމަރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުން އޭނާއަށް ސެކިއުރިޓީ ދޭން ފަށާފައިވާ ކަމަށާއި އެކަމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ޝުކުރުވެރިވާކަމަށެވެ.
އުމަރަށް ފުލުހުން ސެކިއުރިޓީ ދޭން ފަށާފައިވާކަމަށް އޭނާ މިރޭ ވިދާޅުވިއިރު، ރޭ އޭނާ ވަނީ ބަޔަކު އޭނާއަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ.
އެހެންނަމަވެސް، އެވަގުތުން ފެށިގެންވެސް ބައެއް ފަރާތްތަކުން، އުމަރު ކުރެއްވި ޓްވީޓްގެ ސައްހަކަމާމެދު ސުވާލު އުފައްދަވާފައި ވެއެވެ.
ފުލުހުން އުމަރު ނަސީރުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ