ބައެއް ވިޔަފާރި މުދާ ނުގަތުމަށް ގޮވާލައި އެމްޑީޕީ އިން މުޒާހަރާކޮށްފި

ބައެއް ކެފޭ އާއި ރެސްޓޯރެންޓްތަކާއި އަދި ބައެއް ރިޒޯޓްތައް ބޮއިކަޓް ކުރުމަށް ގޮވާލައި އެމްޑީޕީ އިން މުޒާހަރާކޮށްފި އެވެ.
އެމްޑީޕީން މިއަދު ހަވީރު މަގުތައް މައްޗަށް ނިކުމެ ބައެއް ވިޔަފާރިވެރިން ދެމުން އަންނަ ހިދުމަތްތަކާއި ބައެއް ފިހަރާތައް ބޮއިކޮޓް ކުރުމަށް ގޮވާލާފައި ވަނީ އެތަން ތަނަކީ ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށް "ބަޣާވާތް ކުރި މީހުނަށް ހަރަދުކުރި ވިޔަފާރި ވެރިން" ހިންގަމުން އަންނަ ތަންތަން ކަމަށް ބުނެ އެވެ.
ގިނަ އަދަދެއްގެ މީހުން ނުކުމެ ކުރި މުޒަހަރާގައި ބޮއި ކަޓް ކުރަން ޖެހޭ ކަމަށް އެމްޑީޕީ އިން ވަކާލާތު ކުރާ ޕްރޮޑްކްޓްތަކާއި ކުންފުނިތަކުގެ ނަން ވެސް މުޒާހަރާގައި ބައިވެރިން އަޑު އުފުލި އެވެ.
އެމްޑީޕީ އިން މިއަދު ކުރި މުޒާހަރާގައި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އުޅުއްވާ ގެކޮޅު ކައިރިއަށް އެއްވެ އަޑު އުފުލާފައިވާ އިރު ބައެއް ފިހާރަތައް ކައިރިއަށް އެއްވެ މުޒާހަރާ ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ