ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ

ގިނަ ދުވަސްތަކަކަށް ފަހު މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތުދޭ ގޮތުގައި އެމަނިކުފާނުގެ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ހަވީރު 16:30 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮންނާނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއީ ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް މާލެއިން ފެނުނު ފަހުން އެމަނިކުފާނު ނޫސްވެރިންނާއި ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.
އެނގިފައިވާ ގޮތުގައި މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ބޯޑަރުތައް ފަތުރުވެރިކަމަށް ހުޅުވާލާނެ ރަަސްމީ ތާރީޚު އެމަނިކުފާނު އިއުލާންކުރައްވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ