އޭދަފުށީ މަގު ހެދުމުގެ މަސައްކަތް ހުއްޓުމަކަށް އައިސްފައި އޮތުމުގެ ސަބަބުން އެރަށު ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހޭ ކަމަށް އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން ވިދާޅުވެއްޖެ އެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ތޮލާލް ވިދާޅުވީ އޭދަފުށްޓަކީ މަގުތަކުގައި ގިނަ އަޑިގުޑަންތަކެއް ހުންނަ ރަށެއް ކަމަށާއި ވާރޭ ވެހިއްޖެނަމަ މުޅި ރަށުގައި ފެން ބޮޑުވާ ކަމަށެވެ. ރަށުގެ މަގުތަކުގައި ތާރު އަޅައިފިނަމަ މި މައްސަލަތަަކަށް ހައްލު ލިބިގެންދާނެ ކަން ފާހަގަކުރައްވައި ތޮލާލް ވިދާޅުވީ ރަށުގައި ތާރު ނޭޅި ގިނަ ދުވަސްތަކެއް ވަމުންދާންކަން އެއީ ރަށުގެ ރައްޔިތުންގެ ވަަރށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
ތޮލާލް ވިދާޅުވީ ރަށުގެ މަގުތަކުގައި ތާރުއެޅުމަށް ސަރުކާރުގެ ފަރާތުން ނިންމާފައިވާތާ މިހާރު 4 ވަރަކަށް އަހަރު ވެދާނެ ކަމަށެވެ. ނިމިދިޔަ ސަރުކާރުގައި ހައުސިން މިނިސްޓްރީން މި މަސައްކަތް ކުރުމަށްޓަކައި ހަވާލުކޮށްފައިވަނީ ސްރީލަންކާގައި މިފަދަ މަސްކަތް ކުރާ ކުންފުންޏެއް ކަމަށްވާ ސިއެރާ ކުންފުންޏާ ކަމަށް ތޮލާލު ވިދާޅުވި އެވެ. ތޮލާލް ވިދާޅުވީ މި މަސައްކަތް ހުއްޓުމަކަށް އައިސްފައިވަނީ، ސިއެރާ ކުންފުނިން އެއްވެސް ރޭވުމެއް ނެތި މި މަސައްކަތް ފަށާފައިވާތީ ކަމަށެވެ. އަދި މި މަސައްކަތާއި ގުޅޭގޮތުން ކައުންސިލް އިދާރާއާ އެއްވެސް މަޝްވަރާއެއް ކޮށްފައިވާ ނުވާ ކަމަށްވެސް ވިދާޅުވި އެވެ. ސިއެރާ ކުންފުނިން މި މަސައްކަތް ކުރުމަށް ކުއްޔަށް ހިފާފައިވާ މެޝިނަރީޒްއަށް މަސައްކަތް ނުކުރާ ދުވަސްތަކަށް ކުލި ދައްކަން ޖެހުމުގެ ސަބަބުން އެތަކެތި އަނބުރާ ގެންގޮސްފައިވާ ކަމަށްވެސް ތޮލާލް ވިދާޅުވި އެވެ.
އޭދަފުށީ މަގު ހެދުމުގެ މަޝްރޫއު ހުއްޓިފައިވާތީ ރައްޔިތުން ކަންބޮޑުވެފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ