ރާއްޖޭން ބޭރަށް ކުރެއްވި ދަތުރުފުޅަށް ފަހު އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު ރާއްޖެ ވަޑައިގެންފި އެވެ.
އުއްތަމަ ފަނޑިޔާރު ރާއްޖެ ވަޑައިގެންނެވީ މިއަދު މެންދުރު 2:30 ގައި ކަމަށް މަޢުލޫމާތުލިބެއެވެ.
ސްޕްރީމްކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދު ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅާ ބެހޭ ގޮތުން މިހާތަނަށް ސްޕްރީމް ކޯޓުން ވެސް އަދި ޖުޑިޝަލް ސާވިސް ކޮމިޝަނުން ވެސް އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވި ނަމަވެސް އެމަނިކުފާނު ރާއްޖެއިން ބޭރަށް ވަޑައިގެންނެވިކަން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އުއްތަމަ ފަނޑީޔާރު އަބްދުﷲ ސައީދު މިދިޔަ ހަފުތާގައި ރާއްޖޭން ބޭރަށް ވަޑައިގަތީ، ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލުވާލި މައްސަލަ އެ ކޯޓަށް ހުށަހަޅާފައި ވަނިކޮށެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އަދި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ ގޮނޑި ގެއްލުވާލީ، މި މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުންނެވެ.
މި މައްސަލަ ދިގުލައިގެން ދާތީވެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުން ނެވެ.
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ހަތަރު މެމްބަރުންގެ އިތުރުން، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެމްބަރު އަހްމަދު އިލްހާމްގެ ގޮނޑިވެސް ގެއްލިފައިވާ ކަމަށް ވަނީ ކަނޑައަޅާފައެވެ.
ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި މަޖިލީހުގެ ގޮނޑިއެއް ގެއްލިޖެ ކަމާމެދު ހިލާފު އުފެދިއްޖެ ނަމަ، އެކަމެއް ކަނޑައަޅަން ޖެހެނީ ސުޕްރީމް ކޯޓުން ކަމަށް ބުނެފައިވާއިރު، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިޔަސް ގެއްލިގެން ނުދާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުން ވިދާޅުވެ އެވެ.
އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު ރާއްޖެ ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ