ރީރަޖިސްޓްރީ ކުރުމަށް ހާއްސަ އިވެންޓެއް އީސީ އިން މިއަދު ހަވީރު ބާއްވަނީ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 2017 ގައި ވޯޓުލުމަށް ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓް ލާނަމަ ކުރަން ޖެހޭ ރީރަޖިސްޓްރީ ކުރުމަށް ހާއްސަ ހަރަކާތެއް ބާއްވަން އިލެކްޝަން ކޮމިޝަނުން ވަނީ މިއަދު ހަވީރު ބާއްވަން ނިންމާފައެވެ.
އިލެކްޝަން ކޮމިޝަނުން ބުނިގޮތުގައި އެ ހަރަކާތް ބާއްވަން ޖެހިފައިވަނީ މިއަދު ހަވީރު 16:00 އިން 22:00 އަށް އާޓިފިޝަލް ބީޗާއި ރަސްފަންނު ސަރަހައްދުގައިއެވެ.
އެހަރަކާތުގައި ރަޖިސްޓްރީ ކުރަން ބޭނުން ކޮންމެ ފަރާތަކަށް ވެސް އެފުރުސަތު އޮންނާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.
ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. އަދި ވޯޓުލުމަށް ރެޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ މި ނޮވެންބަރު މަހުގެ 21 ވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ