މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ސ. މީދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުން، ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ އަރިހުގައި އެދުނު ގޮތަށް މީދު އާއި އިސްމެހެލާހެރަ ދޭތެރޭގެ ނެރު ފުންކޮށް ދެއްވަން ގާސިމް އަދިވެސް ހުންނެވީ ތައްޔާރަށް ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު ޑރ. އިބްރާހީމްދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެ އެވެ.
ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ އެކަން ކޮށް ދެއްވުމަށް ގާސިމް ވައުދުވެ ވަޑައިގެންފައިވާތީ ހުޅުމީދޫގައި ހުންނަ އައްޑޫ ސިޓީ ކައުންސިލްގެ އެންވަޔަރަމަންޓް މެދުވެރިކޮށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ(އީޕީއޭ) އަށް އީއައިއޭ ހެދުމަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.
އެހެން ނަމަވެސް މިހާތަނަށް އެކަން ނުކުރެވި، މަސައްކަތް ފެށޭ ގޮތް ނުވެފައި އޮތީ ކަމަށް ޑރ. ޑީޑީ ވިދާލުވި އެވެ. އޭނާ ވިދާޅުވި އެ ސަރަހައްދު ފުން ކުރަން ބޭނުންވާ އިކްޕްމަންޓް ވެސް ގާސިމް ރާއްޖޭން ގެންނަވައި "ސްޓެންޑްބައި" ގައި އެބަހުރި ކަމަށެވެ.
އޭނާ އަދި ވިދާޅުވީ މި މަސައްކަތްކޮށް ދޭން ވައުދުވެ ވަޑައިގެންފައި ވަނިކޮށް ރައީސް ޑރ. މުހައްމަދު ވަހީދު ވެސް މީދު އަށް އެންމެ ފަހުން ވަޑައިގަތް ދަތުރުގައި ވެސް ރައްޔިތުން މިކަން ހުށަހަޅާފައިވާ ކަމަށެވެ.
އެހެން ނަމަވެސް ސަރުކާރުން އެކަން ކުރާ ނަމަ ބިޑަށް ލައިގެން ދިގު މުއްދަތެއް އެކަމަށ ވެސް ހޭދަ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިއީ ސަރުކާރުގެ ބަޖެޓްގައި މިއަހަރު ހިމަނާފައި ނެތް ކަމެއް ކަމަށްވާތީ މިކަން ސަރުކާރުން ކުރާ ނަމަ އުފެދޭނެ ސުވާލްތައް ހުންނާނެ ކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ.
"ގާސިމް ހުންނެވީ އިސްމެހެލާ ނެރު ފުންކޮށްދޭ ގޮތަށް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ