ކޮވިޑް-19: މަރުވި މީހުންގެ އަދަދު އެއް މިލިއަނަށް

ޖެނީވާ (ސެޕްޓެމްބަރު 27) - މިދިޔަ ޑިސެމްބަރު މަހު 31 ވަނަ ދުވަހު ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮރޯނާވައިރަހުގައި މަރުވި މީހުންގެ އަދަދު އެއް މިލިއަނަށް މިރޭ އަރައިފި އެވެ.
ގާތްގަނޑަކަށް ނުވަ މަސް ދުވަސްތެރޭ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 33,177,416 އަށް އަރައިފަ އެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 24,504,931 އެވެ. އެކްޓިވް ކޭސްގެ އަދަދަކީ 7,672,283 އެވެ. އޭގެ ތެރޭން ސީރިއަސް ހާލަތުގައި ތިބީ އެއް ޕަސެންޓް މީހުންނެވެ. އެއީ 65,384 އެެވެ.
މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި އެމެރިކާ އިން ވަނީ 7,294,032 މީހުންނަށް ބަލިޖެހި 209,236 މީހުން މަރުވެފަ އެވެ. މުޅި ދުނިޔޭގައި މިހާރު އެންމެ ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރޭ އިންޑިއާ އިން ވަނީ 6,041,638 މީހުންނަށް ބަލި ޖެހި 94,971 މީހުން މަރުވެފަ އެވެ. ތިން ވަނަ އަށް އެންމެ ގިނަ މީހުން ބަލިވި ބްރެޒިލްގެ 4,718,115 މީހުންނަށް ބަލި ޖެހުނު އިރު އެ ގައުމުން ވަނީ 141,441 މީހުން މަރުވެފަ އެވެ. ރަޝިޔާގައި 1,151,438 މީހުންނަށް ކޮވިޑް-19 ޖެހި، 20،324 މީހުން ވަނީ މަރުވެފަ އެވެ.
ކޮވިޑް-19 އަށް މިހާރު ދަނީ އެކި ގައުމުތަކުން ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. ގިނަ ވެކްސިންތައް މިހާރު ވަނީ ތިން ވަނަ ސްޓޭޖުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ