މަސައްކަތްތެރިންގެ ހައްގަށް ސަރުކާރުން އަރައިގަތުމާ ދެކޮޅަށް މާދަމާ މުޅި ރާއްޖޭގައި އަޑު އުފުލަން ފައްޔާޒް ގޮވާލައްވައިފި މަސައްކަތްތެރިންގެ ހައްގަށް ސަރުކާރުން އަރައިގަތުމާ ދެކޮޅަށް މާދަމާ މުޅި ރާއްޖޭގައި އަޑު އުފުލަން ފައްޔާޒް ގޮވާލައްވައިފި

ސިޔާސީ ފިކުރަށް ބަލައި ވަޒީފާތަކުން މީހުން ވަކިކޮށް މަސައްކަތްތެރިންގެ ހައްގަށް ސަރުކާރުން އަރައިގަތުމާ ދެކޮޅަށް މުޅި ރާއްޖޭގައި މާދަމާ އަޑު އުފުލުމަށް އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ގޮވައިލައްވައިފި އެވެ.
އައްޑޫގައި އޮތް އެމްޑީޕީގެ ޖަގަހަ ޖަލްސާއެއްގައި ގުރުއާން ކިޔެވިފަހުން، ވެމްކޯގެ ހިތަދޫ ބްރާންޗުގެ މެނޭޖަރު މަގާމުން ވަކި ކުރުމާ ގުޅުވައި ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ ފިކުރަށް ބަލައި ވަޒީފާތަކުން މީހުން ވަކި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތު ކުރުމަށް މާދަމާ މެއި ޑޭ ފާހަގަ ކުރާއިރު މިވަގުތު މަސައްކަތްތެރިންނަށް ވަޒީފާގެ ބިރުވެރިކަން އިންތިހާއަށް އެބައޮތް، ސިޔާސީ ފިކުރަށް ބަލައި މީހުން ވަޒީފާއިން ވަކި ކުރަމުން ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ފައްޔާޒް ލިޔުއްވާފައިވެ އެވެ.
"ސަރުކާރުން މަސައްކަތްތެރިންގެ ހައްގުތަކަށް އަރައިގަތުމާ ދެކޮޅަށް މާދަމާ މުޅި ރާއްޖޭގައި އަޑު އުފުލުމަށް އެންމެހައި މަސައްކަތްތެރިންނަށް ގޮވައިލަން،"
ވެމްކޯގެ އައްޑޫ ހިތަދޫ ބްރާންޗުގެ މެނޭޖަރުކަމުގެ މަގާމުގައި ހުރި، މޫސާ މުހައްމަދު އެ މަގާމުން ވަކިކުރީ މަސައްކަތުގެ އަހުލާގީ މައްސަލައެއް އުޅޭ ކަމަށް ބުނެ އެވެ.
ނަމަވެސް އެ މައްސަލައިގައި މޫސާ ދިން ބަޔާނުގައި ބުނީ އިޖުތިމާއީ އަދި ސުލޫކީ މިންގަނޑުން ބޭރުން މަސްލަހަތު ގެއްލި މުވައްޒަފުންނާ ޖެހޭ ގޮތަށް މުވައްޒަފުން ގާތު ވެސް އަދި އޮފީހުން ބޭރުގައި ވެސް ވާހަކައެއް ދައްކާފައި ނުވާނެ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކާ ގުޅުވައިގެން ވެސް އެއްވެސް ތަނެއްގައި ވާހަކަދައްކާފައި ނުވާނެ ކަމަށް މޫސާގެ ބަޔާނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ