އީރާނުން އިސްރާއީލަށް 100 ޑްރޯން ދޫކޮށްލައި ރައްދުގައި ހަމަލާދީފި

އިސްރާއީލުން އީރާނާއި ދެކޮޅަށް އިސްވެ ހަނގުރާމަ ފަށައި، އީރާނުގެ ނިއުކްލިއަރ މަރުކަޒުތައް ހިމެނޭހެން އާންމު އިމާރާތްތަކަށް ހަމަލާދީފައިވާއިރު، އީރުން ވެސް ރައްދުގައި ހަމަލާދީފިއެވެ.
އިސްރާއީލް ޑިފެންސް ފޯސަސް (އައިޑީއެފް) ގެ ސްޕޯކްސްޕަރސަން ބްރިގޭޑިއަރ ޖެނެރަލް އެފީ ޑެފްރިން ބުނެފައިވަނީ އީރާނުން "ގާތްގަނޑަކަށް 100 ޔޫއޭވީ އިސްރާއީލްގެ ސަރަހައްދަށް" ދޫކޮށްލާފައިވާ ކަމަށާއި، އެ ހަމަލާތައް ހުއްޓުވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
ބްރިގޭޑިއަރ ޖެނެރަލް އެފީ ޑެފްރިން ބުނެފައިވަނީ އިސްރާއީލުން 200 ވައިގެ އުޅަނދާއެކު އީރާނަށް ދިން ހަމަލާއަށްފަހު ޓެހްރާނުން މި ހަމަލާތައް ދީފައިވާ ކަމަށެވެ.
ޑެފްރިން އިތުރަށް ބުނެފައިވަނީ އީރާނުގެ އާމީގެ ޗީފް އޮފް ސްޓާފާއި، އީރާނުގެ އިސްލާމިކް ރެވޮލިއުޝަން ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ކޮމާންޑަރު، އަދި އީރާނުގެ އެމަޖެންސީ ކޮމާންޑުގެ ކޮމާންޑަރު ރޭގެ ހަމަލާތަކުގައި މަރުވެފައިވާ ކަމަށެވެ.
އީރާނުގެ ސަރުކާރުގެ މީޑިއާއިން ކުރިން ރިޕޯޓުކޮށްފައިވަނީވެސް ރެވޮލިއުޝަނަރީ ގާޑުގެ އިސްވެރިޔާ ހުސެއިން ސަލާމީ މަރުވެފައިވާ ކަމަށެވެ.
އީރާނުގެ ހަމަލާތައް ހުއްޓުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސްޕޯކްސްމަން ބުނެފަވެއެވެ.
އިސްރާއީލުގެ ހަމަލާތަކުގައި އީރާންގެ ޗީފް އޮފް ސްޓާފް މުހައްމަދު ބަގެރީ، އީރާނު ރެވޮލިއުޝަނަރީ ގާޑް ކޯޕްސްގެ އިސްވެރިޔާ ހުސެއިން ސަލާމީ، އަދި އިސް ކޮމާންޑަރެއް ކަމުގައިވާ ގުލާމް އަލީ ރަޝީދު ހިމެނޭ ގޮތަށް އެތައް އިސް އީރާނު އޮފިޝަލުންތަކެއް މަރުވެފައިވާކަން އާމީން ކަށަވަރުކޮށްދީފައިވެއެވެ.
އެމެރިކާއިން ބުނެފައި ވަނީ އިސްރާއީލުގެ މި ހަމަލާތަކާއި އެ ޤައުމާއި ގުޅުމެއްނެތްކަމަށެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ