ޖުމްހޫރީ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ކުންފުންޏެއް ކަމަށްވާ ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގަމުންދާ މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އަށް، މަސްކިރި ލ އަތޮޅުގެ ދޯނިތަކަށް މަސް ކިރި ފައިސާ ދިނުން ލަސްވުމުގެ ސަބަބުން އެކަމާ ނުރުހުން ފާޅުކޮށްފިއެވެ.
އެގޮތުން މަސްވެރިން ކަންބޮޑުވުން ފާޅުކޮށް ބުނެފައި ވަނީ އާންމުކޮށް މިފަދައިން ނުވާ ކަމަށާއި، ނަމަވެސް މިފަހަރު މަސް ކިރި ފައިސާ ނުލިބި މަހެއްހާ ދުވަސް ވެފައިވާކަމަށެވެ. މިކަމުގެ ސަބަބުން ފަޅުވެރިންނަށް މުސާރަ ނުދެވި ގޭގައި ދައްކަންޖެހޭ ކަރަންޓު އަދި ފެން ބިލްވެސް ދެއްކުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ދޯނިތަކުގެ ވެރިން ބުނެފައިވެއެވެ.
މީގެ އިތުރުން ކޮންމެ 21 ދުވަހަކުން ބިލްތަކަށް ފައިސާ ޖަމާކުރާނެކަމަށް ބުނެފައިވީ ނަމަވެސް ފައިސާ ނުލިބޭތާ ދޮޅުމަސް ވެފައިވާ ކަމަށާއި އަދި މަސްކިރި ފައިސާގެ ހަތްލައްކަ އަށްވުރެ ގިނަ ރުފިޔާ ނުދީ ހުރިކަމަށް މަސްވެރިން ބުނެފައިވެއެވެ.
ނިމިދިޔަ ހަފްތާގެ ތެރޭގައި މަސްވެރިން އަދި މަސްވެރިންގެ އާއިލާތަކުން ވަނީ މަސްވެރިންގެ ހައްގުތައް ހޯދައި ދިނުމަށް އެދި އިހްތިޖާޖުކޮށްފައެވެ. އޭގެ ތެރެއިން އެއްޝަކުވާއަކީ ކިރާ މަހަށް ފައިސާ ނުލިބުމުގެ މައްސަލައެވެ.
ގާސިމް އިބްރާހިމްގެ ކުންފުނިން މަސްވެރިންނަށް ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ