ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ އިންފްލުއެންޒާ ވައިރަސްއަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އިންފްލުއެންޒާ ޖެހިއްޖެ ނަމަ ރޯގާޖެހި، ހުން އައިސް، ކެއްސުމާއި ކަރުގައި ރިއްސުންފަދަ އަލާމާތްތައް އިންސާނާގެ ހަށިގަނޑުން ފެނެ އެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މެއި މަހާ އަޅާބަލާއިރު ޖޫން މަހު އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރެވުނު އަދަދާއި ޕޮޒިޓިވްވީ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ.
ނަމަވެސް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މެއި މަހާއި އަޅާބަލާއިރު ޖޫން މަހު ރާއްޖޭގައި އާއްމުކޮށް ރިޕޯޓު ކުރެވޭ ގައިން ގަޔަށް އަރާ ބަލިތައް ވަނީ މަދުވެފަ އެވެ.
ރާއްޖެއިން އެންމެ ގިނައިން ފެނިފައިވާ އިންފްލުއެންޒާގެ ވައްތަރަކީ އިންފްލުއެންޒާ އޭ (އައިއޭވީ) ގެ ވައްތަރެއް ކަމުގައިވާ އެޗްވަންއެންވަން އެވެ. އައިއޭވީ، އައިބީވީ އާންމުގޮތެއްގައި ޖެހެނީ މޫސުމީ ބަދަލުތަކުގެ ސަބަބުންނެވެ. އަދި އައިސީވީ ވައިރަސް ބޮޑަށް ޖެހެނީ ކުޑަކުދިންނަށްކަން ފާހަގަކުރެވެ އެވެ.
އިންފްލުއެންޒާ ވައިރަސްގެ ހަތަރު ވައްތަރެއް ހޯދިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އޭ، ބީ، ސީ، އަދި ޑީ އެވެ. ތަފްސީލަށް ބަލާނަމަ، އިންސާނުންނާއި އޫރު ފަދަ ޖަނަވާރުތަކުގައި އާންމުކޮށް ހުންނަ އިންފްލުއެންޒާ އޭ ވައިރަސް (އައިއޭވީ) ގިނައިން ފެތުރެނީ ފެނުގައި އުޅޭ ދޫނިތަކުގެ ޒަރިއްޔާއިންނެވެ.
އޭގެ އިތުރުން ބިހާއި ދޫނިތަކުގައި އާންމުވެފައިވާ އިންފްލުއެންޒާ ބީ ވައިރަސް (އައިބީވީ) އަދި އިންފްލުއެންޒާ ސީ ވައިރަސް (އައިސީވީ) މައިގަނޑު ގޮތެއްގައި އިންސާނުންނަށް ޖެހޭއިރު، އިންފްލުއެންޒާ ޑީ ވައިރަސް (އައިޑީވީ) ޖެހެނީ އޫރު ފަދަ ޖަނަވާރުތަކަށެވެ.
އިންފްލުއެންޒާއަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ އިންފްލުއެންޒާއަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ