ސްޓެލްކޯގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރުކުރަނީ

މާލެ ސަރަހައްދުގެ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން އިތުރުކުރަން މަސައްކަތްކުރަމުންދާކަމަށް އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު ޑރ. ޢަލީ އަޒުވަރު ވިދާޅުވެއްޖެއެވެ.
ޑރ. އަޒުވަރު ވިދާޅުވީ، ގްރޭޓަރ މާލެ ސަރަހައްދާއި އެ ކުންފުނިން ޚިދުމަތް ދޭ އެހެނިހެން ރަށްރަށުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ނުވަތަ ކެޕޭސިޓީ މިހާރު 222 މެގަވޮޓަށް އަރާފައިވާ ކަމަށެވެ. މީގެ އިތުރުން މާލެ ސަރަހައްދަކީ، ކަރަންޓުގެ ލޯޑު ނުވަތަ ޑިމާންޑް އާދަޔާ ޚިލާފަށް ބޮޑުވަމުންދާ ތަނެއްކަން ފާހަގަކުރައްވާ ޑރ. އަޒުވަރު ވިދާޅުވީ އިމާރާތްތައް އުސްވެ، އާބާދީ ތޮއްޖެހެމުންދާއިރު، ކޮންމެ އަހަރަކުވެސް ކަރަންޓު ބޭނުންކުރާ ނިސްބަތް މަތިވަމުންދާ ކަމަށެވެ.
"މި ސަރަހައްދުގެ އިތުރުވަމުންދާ ލޯޑަށް ކޭޓަރ ކުރުމުގެ ގޮތުން މާލެ ސަރަހައްދަށް ބޮޑު ޕްރޮޖެކްޓެއް ގެންނަންޖެހޭ. އެކަމާ ގުޅޭ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުން،" ޑރ. ޢަލީ އަޒުވަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ