ހުޅުމާލެ ފޭސް ދޭއްގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން ގްރޭޓާމާލެ ގްރިޑަށް ލައިފި
ހުޅުމާލެ ފޭސް 2ގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން، ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑާއި ގުޅާލައިފި އެވެ. ސްޓެލްކޯ އިން މި މަސައްކަތް ނިންމާލާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.ސްޓެލްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ މަސައްކަތް ކުރުމަށްޓަކައި މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކަނޑައިލަން ޖެހޭނެ ކަމަށް ކުރިން އަންދާޒާ ކުރެވުނު ނަމަވެސް، މިއަދުގެ މޫސުން ތަން ދިނުމާއެކު މަސައްކަތް އެއްކޮށް ނިންމާލާފައި ވަނީ ދެ ސަރަހައްދަކުން ވަރަށް ކުޑަ ވަގުތު ކޮޅަކަށް ކަރަންޓު ކަނޑާލައިގެން ކަމަށެވެ.ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމު ކޮށްފައި ހުންނަ ސަބް ސްޓޭޝަންތަކުގެ ބޭނުމަކީ އެ ސަރަހައްދުގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމެވެ. ޖުމުލަ 132-ކޭވީގެ ސަބްސްޓޭޝަން މާލޭގެ ގްރިޑާ ގުޅައިލުމުން މާލެ ސަރަހައްދުގެ ގްރިޑު ވެސް އިތުރަށް ސްޓޭބަލް ވާނެ އެވެ.ސްޓެލްކޯއިން ބުނީ ކުރިއަށް ދެން އޮންނާނީ ހުޅުމާލޭ ދެވަނަ ދިޔަވަހީގައި ހުންނަ 11 ކިލޯވޯލްޓޭޖުގެ ކޭބަލްތައް ސްބްސްޓޭޝަނަށް ބަދަލު ކުރުން ކަމަށެވެ. އެ މަސައްކަތް ވެސް ވަރަށް އަވަހަށް ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ