އިސްތަންބޫލް، ތުރުކީ (ޖުލައި 23) - ނުވަ އަހަރަށް ފަހު ލިވަޕޫލް ދޫކޮށްލި، މިސްރުގެ ކެޕްޓަން، މުހައްމަދު ސަލާހު، ތުރުކީގެ ސުޕަ ލީގު ކްލަބް، ބެސިކްޓާސް އަށް ބަދަލުވުމަށްޓަކައި މަޝްވަރާ ކުރަމުން އަންނަ ޑީލުގެ ކަންކަން މަޑުޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 34 އަހަރުގެ ސަލާހުގެ ސޮއި ހޯދަން ތުރުކީ ސުޕަ ލީގުގެ ކްލަބް ބެސިކްޓާސްގެ މެނޭޖްމަންޓަށް އެ ކްލަބްގެ ސަޕޯޓަރުން އަންނަނީ ޕްރެޝަރު ބޮޑު ކުރަމުންނެވެ. އެ ގޮތުން، ބެސިކްޓާސް އަށް ސޮއިކުރި އާސެނަލަށް ކުޅޭ ބެލްޖިއަމްގެ ފޯވާޑް، ލެއަންޑްރޯ ޓްރޮސާޑް ތައާރަފް ކުރުމަށް ބޭއްވި އިވެންޓްގައި ވެސް ބެސިކްޓާސްގެ ސަޕޯޓަރުން ވަނީ ސަލާހު ގަންނަން ޑިމާންޑްކޮށް އަޑުއުފުލައިފަ އެވެ.
Enterprise Development Industrial Pvt Ltd
MU STORE
Yes Maldives Pvt Ltd
MU STORE
ރިޕޯޓްތައް ބުނާގޮތުން، ބެސިކްޓާސް އިން ވަނީ ސަލާހަށް އަހަރަކު، 15 މިލިއަން ޑޮލަރުގެ މުސާރައެއް ލިބޭ ޕްރޮޕޯސަލެއް ހުށަހަޅައިފަ އެވެ. އެ ޑީލްގެ ކަންކަން ކުރިއަށްދަނިކޮށް، މަޝްވަރާތައް މަޑުޖެހިފައިވަނީ، ސަލާހު، ފުރަތަމަ ކޮންޓްރެކްޓްގައި ސޮއިކުރާއިރު، ހަމަޖައްސަައިދޭ ބޯނަހުގައި، ސަލާހުގެ އޭޖެންޓް ރަމީ އައްބާސް އަށް 30 ޕަސެންޓްގެ ކޮމިޝަނެއް ހަމަޖައްސައިދޭން ހުށަހެޅުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެކަމާ ބެހޭގޮތުން، މިސްރު މީޑިއާ އިން ސުވާލުކުރުމުން، އައްބާސް ބުނެފައިވަނީ، ސަލާހު ކުޅޭނެ ކްލަބެއް ވަރަށް އަވަހަށް ފައިނަލް ވެގެންދާނެ ކަމަށެވެ.
ބެސިކްޓާސްގެ އިތުރުން، ސަލާހުގެ ސޮއި ހޯދުމަށް ރޯމާ އާއި އެތުލެޓިކޯ މެޑްރިޑްގެ އިތުރުން، ސައުދީ ޕްރޯ ލީގާއި އެމްއެލްއެސްގެ ކްލަބްތައް އަންނަނީ ޕްރޮޕޯސަލްތައް ހުށަހަޅަމުންނެވެ. އެކަމަކު، ސަލާހުގެ ވިސްނުމަކީ ޔޫރަޕްގެ ކްލަބަކަށް ބަދަލުވުންކަމަށް ރިޕޯޓްތައް ބުނެ އެވެ.
ކުރިން ޗެލްސީ އަށް ކުޅުނު ސަލާހު، ލިވަޕޫލާ ގުޅުނީ، 2017 ވަނަ އަހަރު އިޓަލީގެ ރޯމާ ދޫކޮށް ޖުމްްލަ އެކު، 45 މިލިއަން ޑޮލަރުގެ ޕެކޭޖެއްގަ އެވެ. އޭގެ ފަހުން، ތިން ފަހަރެއްގެ މަތިން ސަލާހު ލިވަޕޫލާ އެކު، އެއްބަސްވުމެއް ހަދައި، އެ ޓީމު ދޫކޮށްލަން މި ނިންމީ ނުވަ އަހަރު އެ ޓީމަށް ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު އެވެ.
ލިވަޕޫލަށް ކުޅެދިން، 442 މެޗުން 257 ލަނޑު ޖެހި ސަލާހު ވަނީ، އެ މެޗުތަކުގައި، 123 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ލިވަޕޫލާ އެކު، ގިނަ ރެކޯޑްތަކެއް ހަދާފައިވާ ސަލާހު ވަނީ އެ ޓީމާ އެކު، ދެ ފަހަރު ޕްރިމިއާ ލީގާއި އެއް ފަހަރު ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕާއި ޔުއެފާ ސުޕަ ކަޕާއި އެފްއޭ ކަޕްގެ އިތުރުން ދެ ފަހަރު ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ސަލާހަކީ ޕީއެފްއޭ އިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރެއްގެ މަތިން ހޯދި ހަމައެކަނި ކުޅުންތެރިޔާ އެވެ.
ސަލާހުގެ ކެޕްޓަންކަމުގެ ދަށުން ކުޅުނު މިސްރުން ވަނީ މި ފަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބޭއްވި ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި ވާދަކޮށްފަ އެވެ. އެ ބުރުގައި އާޖެންޓީނާ އަތުން މިސްރު ކެޓިއިރު، މިއީ، އެ ގައުމުން ވޯލްޑް ކަޕެއްގެ ނޮކައުޓް ބުރުގައި ވާދަކުރި ފުރަތަމަ ފަަހަރެެވެ.
ސަލާހުގެ ބެސިކްޓާސް ޑީލް މަޑުޖެހިފައި: ރިޕޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ