އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމްގެ މަސްލަހަތު އޮންނަ އަލް މަދީނާ އިންވެސްޓްމަންޓުން ހުޅުމާލޭގައި އަޅާ ސްކޫލްގެ ފުރަތަމަ ފޭސްގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށްފި އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި އަލް މަދީނާ އިންވެސްޓްމަންޓުން އާރްސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއޫގެ ފުރަތަމަ ފޭސްގައި ހިމެނެނީ ފައުންޑޭޝަން އަޅައި، ކޮލަމްތައް ޖެހުމެވެ.
MU STORE
Enterprise Development Industrial Pvt Ltd
MU STORE
Zetta Enterprises Pvt Ltd
Enterprise Development Industrial Pvt Ltd
އިސްލާމިކް މިނިސްޓްރީ އިން ހުޅުމާލޭގައި އަޅާ ވަގުފް އިމާރާތުގެ މަސައްކަތް ވެސް ހަވާލުކޮށްފައި ވަނީ އާރްސީސީއާ އެވެ. އެ ޕްރޮޖެކްޓު ކުރިއަށްގެންދިޔައީ ޝަހީމްގެ ބެއްލެވުމުގެ ދަށުންނެވެ.
އަލް މަދީނާ ސްކޫލްގެ ފުރަތަމަ ފޭސްގެ މަސައްކަތަށް އަލް މަދީނާ އިންވެސްޓްމަންޓުން އާރްސީސީއަށް މިހާތަނަށް ދައްކާފައިވަނީ އެޑްވާންސް ޕޭމަންޓަށްވާ 10 ޕަސަންޓު ފައިސާ އެވެ. އެއީ ޖުމްލަ 1.5 މިލިއަން ރުފިޔާ އެވެ. އެހެންކަމުން އަލް މަދީނާ އިންވެސްޓްމަންޓުން އާރްސީސީއަށް 13.5 މިލިއަން ރުފިޔާ ފުރަތަމަ ފޭސްގެ މަސައްކަތަށް ދޭން ބާކީ އެބަ އޮތެވެ.
އެނގިފައިވާ ގޮތުގައި ހަ ފްލޯއަށް އިމާރާތްކުރާ ސްކޫލުގެ ފުރަތަމަ ފޭސްގެ މަސައްކަތް ނިމުމުން، މަޝްރޫއު އިތުރަށް ކުރިއަށްގެންދަން ބޭންކުން ލޯނެއް ނަގަން އަލްމަދީނާ އިންވެސްޓްމަންޓުން ވަނީ ނިންމާފަ އެވެ.
ހުޅުމާލޭގައި ސްކޫލެއް ގާއިމުކުރުމުގެ އިތުރުން މިސްކިތެއް އެޅުމަށް އަލް މަދީނާ އިންވެސްޓްމަންޓާ ހަވާލުކުރީ ޖެނުއަރީ 22، 2024، ގަ އެވެ. މިސްކިތަކާއި ސްކޫލް ވެސް ހުންނަނީ އެއްބިމެއްގައި ސްކޫލްގެ ބޭނުމަށް ވެސް ބޭނުން ކުރެވޭ ގޮތަށެވެ.
ގްރޭޑް 1-10 ގެ ދަރިވަރުންނަށް ކިޔަވައިދެވޭ ފެންވަރަށް އަދި އޭގެ އިތުރުން މަތީ ތައުލީމު އުނގަންނައިދެވޭ ފެންވަރަށް މި ސްކޫލް ތަރައްގީ ކުރެވިގެންދާނެ ކަމަށް އެޗްޑީސީން ކުރިން ބުންޏެވެ.
ޝަހީމްގެ މަސްލަހަތު އޮތް ސްކޫލް ޕްރޮޖެކްޓުގެ ޖުމުލަ އަގު 150 މިލިއަން ރުފިޔާއަށް އަރަ އެވެ.
މިވަރުގެ އަގުބޮޑު ޕްރޮޖެކްޓަކަށް 1.5 މިލިއަން ރުފިޔާ ދެއްކުމުން މަސައްކަތް ފެށިއިރު، އިސްލާމް މިނިސްޓްރީން މިދިޔަ އަހަރު އާރުސީސީއާ އަގުބޮޑު ދެ މަޝްރޫއުއެއް ހަވާލުކޮށްފައިވެ އެވެ.
އެއީ މާލޭގައި ބިނާކުރާ ވަގުފު އިމާރާތްކަމުގައިވާ ދާރުލް އަރްގާމް ބިލްޑިން އާއި ހުޅުމާލޭގައި ބިނާކުރާ ވަގުފު އިމާރާތް، ދާރުއްސަލާމް ބިލްޑިން އެވެ. ދާރުލް އަރްގާމް އިމާރާތްކުރަން 39.4 މިލިއަން ރުފިޔާއަށް ހަވާލުކުރިއިރު، ދާރުއްސަލާމް ހަވާލުކުރީ 244.5 މިލިއަން ރުފިޔާ އަށެވެ.
ޝަހީމްގެ މަސްލަހަތު އޮންނަ ސްކޫލް ޕްރޮޖެކްޓުގެ މަސައްކަތް ވަގުފް އިމާރާތްތައް ހަވާލުކުރި އާރުސީސީން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ