ބިދޭސީންނަށް މަނާކޮށްފައިވާ ވިޔަފާރިތައް ބިދޭސީން ކުރާ ވަރު ވެސް އާންމުވެފައިވާ ކަން، އެފަދަ މައްސަލަތައް ރިޕޯޓްކުރުމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.
ވީކިހިނެއް؟ - ގާނޫނާ ހިލާފަށް ބިދޭސީން ދެ ގޮތަކަށް ވިޔަފާރިކުރާކަން އިކޮނޮމިކް މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށް އެ މިިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ. އެއީ:
ނިވާފަތްގަނޑަކަށް ދިވެހިން ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތައް
ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަނުކުރާ ދާއިރާތަކުގައި ހަރަކާތްތެރިވަމުން އަންނަ ބިދޭސީ ވިޔަފާރިތައް
ތަފްސީލް - މިފަދަ މައްސަލައެއްގެ މައުލޫމާތު ލިބިއްޖެ ނަމަ ރިޕޯޓްކުރަން ޖެހޭ ގޮތަކީ:
ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާއެއްގައި ހަރަކާތްތެރިވާކަން ފާހަގަކުރެވޭ ނަމަ އެކަމުގެ މައުލޫމާތު ލިބިފައިވާ ނަމަ މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ރިޕޯޓްކުރުން
މިނިސްޓްރީގެ ހޮޓްލައިން 3333199 އަށް ގުޅައިގެން ރިޕޯޓްކުރުން (ހޮޓްލައިނަށް ގުޅޭނީ ހެނދުނު 8:00 – ރޭގަނޑު 8:00 އަށް)
އިމިގްރޭޝަން ވޮޗްއަށް ރިޕޯޓްކުރުން
އެނގުން މުހިންމު - ފޮރިން އިންވެސްޓްމަންޓްގެ ގާނޫނުގެ ދަށުން ބިދޭސީންނަށް މަނާކޮށް، ހަމައެކަނި ދިވެހިންނަށް ހާއްސަކޮށްފައިވާ ދާއިރާތަކަކީ:
އިމާރާތްތަކަށް ހިދުމަތްތައް ދިނުމާއި ލޭންޑްސްކޭޕިންގެ މަސައްކަތްތައް
އޮފީސްތަކަށާއި ވިޔަފާރިތަކަށް ސަޕޯޓް ދިނުމުގެ މަސައްކަތްތައް
15 މިލިއަން ޑޮލަރަށް ވުރެ ދަށުން ހިންގާ ޕްރޮޖެކްޓްތަކުގެ ދަށުން އިމާރާތްތައް އެޅުމުގެ މަސައްކަތްތައް
10 މިލިއަން ޑޮލަރަށް ވުރެ ދަށުން ހިންގާ ޕްރޮޖެކްޓްތަކުގެ ދަށުން ރިސޯޓުތައް ހެދުމުގެ މަސައްކަތްތައް
ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތައް ހިންގުމުގެ މަސައްކަތްތައް
ފިޒިއޮތެރެޕީ ފިިޔަވައި އެހެނިހެން ކްލިނިކްތައް ހިންގުމުގެ މަސައްކަތްތައް
ކާގޯއާއި ލޮޖިސްޓިކް އަދި ޕޯސްޓުގެ ހިދުމަތުގެ މަސައްކަތްތައް
ސުވެނިއާއައި އަތްތެރި މަސައްކަތްތައް
ބަންކަރިންގެ ހިދުމަތް ދިނުމުގެ މަސައްކަތްައް
މީޑީއާތައް ހިންގުމުގެ މަސައްކަތްތައް
އެޑްވަޓައިޒިން އެންޑް އިވެންޓް މެނޭޖްމަންޓްގެ މަސައްކަތްތައް
ގާނޫނީ ހިދުމަތް ދިނުމުގެ މަސައްކަތްތައް
މާކެޓް ރިސާޗު ހެދުމުގެ މަސައްކަތްތައް
އިލެކްޓްރޯނިކް ރިޕެއާގެ މަސައްކަތްތައް
ރީޓެއިލްގެ މަސައްކަތްތައް
ކޮންސްޓްރަކްޝަން ތަކެތީގެ ހޯލްސޭލްގެ މަސައްކަތްތައް
ބިދޭސީންނަށް މަނާކޮށްފައިވާ ވިޔަފާރިތައް ބިދޭސީން ކުރުން އާންމުވެ، ރިޕޯޓްކުރަން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ