ސޯޝަލް މީޑިއާގައި މިހާރު ގިނަ ކުންފުނިތަކަކުން މައާފަށް އެދުމުގެ ސްޓައިލް ނަކަލުކުރާ ޓްރެންޑެއް އާންމުވެއްޖެ އެވެ. މިއީ ކަސްޓަމަރުންނާއި އެންގޭޖް ކުރުމަށް ބޭނުންކުރާ ޓްރެންޑެކެވެ.
މި އަހަރުގެ ފަން ރަން ކިޓްތައް އުންމީދު ކުރި ވަރަށް ވުރެ ހަލުވި ސްޕީޑެއްގައި ވިކި ހުސްވުމާ ގުޅިގެން އުރީދޫން ވެސް ވަނީ މި ފޯމެޓު ބޭނުންކޮށް މައާފަށް އެދިފަ އެވެ.
އުރީދޫން ނެރުނު ބަޔާނެއްގައި ބުނީ ރަޖިސްޓްރޭޝަން ނިމުމުގެ ކުރިން ކިޓް ނުލިބުމުގެ ސަބަބުން ކަސްޓަމަރުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ. މި ޕޯސްޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަން ރަންއަށް ލޯބިކުރާ މީހުންގެ މެދުގައި ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ.
"މި އަހަރު ވެސް އުރީދޫ ފަން ރަން އަށް އޮތް ލޯބި ވަރަށް ބޮޑު. މައާފަށް އެދުމުގެ ޓްރެންޑާ އެކު ކަސްޓަމަރުންނާ އެކު މަޖާ ކޮށް އެންގޭޖް ވެލާނެ މަގެއް ލިބިގެން ދިޔަ،" އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވި އެވެ.
"މިއަދު 2 ޖަހާއިރު އޮންލައިންކޮށް ކުރިއަގެންދާ ފްލޭޝް ސޭލްގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު ފުރުސަތެއް ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް."
އުރީދޫން ބުނީ އާންމުންގެ ޑިމާންޑަށް ބަލައި ފަން ރަން ކިޓްގެ ފްލޭޝް ސޭލް މިއަދު މެންދުރުފަހު 2ގައި ފަށާނެ ކަމަށެވެ.
އުރީދޫ ފަން ރަންއަކީ ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުމެވެ. އެގޮތުން، 5ކޭއަށް އާއިލާ އާއި ރަހުމަތްތެރިން އެއްތަނަކަށް އެއްކޮށްގެން ބާއްވާ ފޯމް ޕާޓީތަކާއި ކަލާ ތްރޯތަކާއި އިންފްލޭޓަބަލްސް އަދި ފެސްޓިވަލް ހަރަކާތްތައް ވެސް ހިމެނެ އެވެ.
އުރީދޫ ވެސް ސޮރީ: ބްރޭންޑްތަކުން ބައިވެރިވާ 'އެޕޮލޮޖީ ޓްރެންޑް'ގައި ބައިވެރިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ