އެޑިޔުކޭޝަން މިނިސްޓްރީ
އިން ހަދާ ޔުނިފޯމް ކޯޑަކަށްވުރެ ބެލެނިވެރިންނާއި ދަރިވަރުންގެ ހައްޤުތަކަށް ދޭ
އިސްކަން ބޮޑުވާން ޖެހޭ ކަމަށް ކުރީގެ ފޮރިންގ މިނިސްޓަރ އަދި ކުރީގެ ޔޫއެން
ރެޕަޓުއާ އަހްމަދު ޝަހީދު ބުނެފިއެވެ.
ޢަރަބިއްޔާ ސްކޫލްގެ
ދަރިވަރުންގެ ތެރެއިން ސްކޫލަށް ދާއިރު މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދާ
ދަރިވަރުންނަށް އެގޮތަށް ސްކޫލަށް ހާޒިރު ނުވެވޭނެ ކަން އެންގުމުން ކުރީގެ
ބަންޑާރަ ނައިބު ޢާއިޝަތު ޢާޒިމާ ޝުކޫރު ވަނީ ޖެންޑަރ މިނިސްޓްރީ އަށް އެކަމުގެ
ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައެވެ.
ޖެންޑަރ އަށް އެކަންކަން
ހިއްސާ ކުރެވުނު ޚަބަރުގެ ލިންކަކާއި އެކު ކޮށްފައިވާ ޓްވީޓެއްގައި ޝަހީދު
ބުނެފައިވަނީ "ބުރުގާ މަނާ ކުރުމަށް ސަރުކާރަށް ދެއްކޭނީ އެންމެ ވާހަކަ އެއް،
"ބެސްޓް އިންޓްރެސްޓޤ އޮފް ޗައިލްޑް"، އެހެން ނަމަވެސް އެއީ ބުރުގާ
އެޅުމުން ގެއްލުމެއް ވާކަން ސާބިތު ކޮށްދެވޭނަމަ" މިހެނެވެ.
Advertisement
ޢަރަބިއްޔާ އަށް
ކިޔަވަން ދާ އަންހެންކުދިން ގެތެރެއިން މަދު ކުއްޖަކު މޫނު ނިވާކޮށްގެން ސްކޫލަށް
ދާތީ އެޑިޔުކެޝަނުންނާއި ސްކޫލްގެ އިދާރާއިން ދަނީ އެކަން މަނާކޮށް ސްކޫލަށް
އަންނަން ބޭނުންނަމަ މޫނު ބުރުގާ ނެގުމަށް އަންގައިފައެވެ. މިމައްސަލަގައި އެ
ސްކޫލްގެ ބެލެނިވެރިން ޤާނޫނީ ލަފައަކަށް އެދި ކުރީގެ ބަންޑާރަ ނާއިބު
އަލްއުސްތާޒާ ޢާއިޝަތު ޢާޒިމާ ޝުކޫރާއި ބައްދަލު ކުރިއެވެ.
މިހާރު އެޑިޔުކޭޝަނުން
އެކުދިންނަށް މޫނުބުރުގާ އަޅައިގެން ސްކޫލަށް ހާޒިރުނުވުމަށް އެންގުމާއި އެކު،
އެކުދިނަށް ގެއްލެމުންދާ ތައުލީމު ހާސިލް ކުރުމުގެ ހައްޤު ހޯދުމަށް އެކުދިން
މޫނުބުރުގާ އަޅައިގެން ސްކޫލަށް ދިޔުމުގެ ވަގުތީ އަމުރެއް ހޯދުމަށް ވަނީ ކޯޓަށް
ހުށައަޅައިފައެވެ. އަދި މިމައްސަލަ މިމަހުގެ 10 ވަނަ ދުވަހަށް ވަނީ ތާވަލު
ކުރެވިފައެވެ.
ޔުނިފޯމް ކޯޑަކަށް ވުރެ ބެލެނިވެރިންނާއި ދަރިވަރުންގެ ހައްޤުތަކަށް ދޭ އިސްކަން ބޮޑުވާންޖެހޭ: ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ