ރާއްޖެއިން އިރާނާ ސިޔާސީ ގުޅުން ގާއިމް ކުރަންޖެހޭ ސަބަބެއް ނެތް: ޑރ ޝަހީދު

ރާއްޖެ އިން އިރާނާ ސިޔާސީ ގުޅުން ގާއިމު ކުރުމަށް ނިންމި ނިންމުމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދުގެ ފާޑު ކިއުން އަމާޒުވެއްޖެއެވެ.
ޑރ. ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިރާންއަށް އެއްވެސް ކުރިއެރުމެއް އައިސްފައިނުވާ ކަމަށެވެ. އަދި އެ ގައުމާއި ގުޅުން ގާއިމް ކުރަންވީ އެއްވެސް ސަބަބެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ޑރ ޝަހީދު ވިދާޅުވީ އިރާނަކީ މީޙުން މެރުމާއި  ވިހަ ލުމާއި، އަނިޔާކުރުން ފަދަ އަމަލުތައް އެންމެ ގަދަޔަށް ހިނގަމުން އަންނަ ގައުމު ކަމަށާއި އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުގެ މެމްބަރަކަށްވެ ހުރެ ރާއްޖެއިން ވިސްނަން ޖެހޭ ކަމެއް ކަމުގައެވެ.
ސައުދީ އަރަބިއްޔާ އާއި އިރާނުން ދެ ގައުމުގެ މެދުގައި އަލުން ސިޔާސީ ގުޅުން ގާއިމުކުރުމާއި ގުޅިގެން ރާއްޖެއިން ވެސް ވަނީ އިރާނާއި ގުޅުން ބަދަހިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ