ސައޫދީ ޕްރޮފެޝަނަލް ލީގުގައި މިރޭ ރަށުން ބޭރުގައި އަލް އިއްތިހާދު އަތުން ބަލިވެ އަލް ނަސްރަށް ލީގުގެ އެއްވަނަ މަގާމު ގެއްލިއްޖެ އެވެ.
އިއްތިހާދުގެ ދަނޑުގައި ކުޅިނު މެޗު އެޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ދެޓީމުގެ ފަރާތުން ވެސް މި މެޗުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ އަލް އިއްތިހާދުންނެވެ.
ނަމަވެސް ފުރަތަަމަ ހާފުގައި އެޓީމަށް އެޓީމަށް އަލް ނަސްރުގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. މި ދެޓީމުގެ އެންމެ ފަހުން ކުޅުނު 10 މެޗުގައި އަލް ނަސްރަށް މޮޅެއް ހޯދައިފި ނުވާއިރު، އެންމެ ފަހުން ކުޅުނު ސުޕަރ ކަޕް ފައިނަލުގައި އަލް ނަސްރު 3-1 ގެ ނަތީޖާއަކުން ބަލިކޮށް ޗެމްޕިއަންކަން ހޯދީ އަލް އިއްތިހާދެވެ. އަދި އެންމެ ފަހުން އެޓީމަށް އަލް އިއްތިހާދު ވަކިކުރެވިފައިވަނީ 2018 ވަނަ އަހަރު އެވެ.
މިރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ރޮމާރީނިހޯ އެވެ. މިއީ އެޓީމުގެ ސައޫދީ ޑިފެންޑަރު އަޙްމަދު ޝަރަހިލީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިއީ މިސީޒަނުގައި، ލީގުގައި އޭނާ ކާމިޔާބުކުރި 7 ވަނަ ލަނޑެވެ.
މިރޭގެ މެޗުގައި އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ އިރު މެޗަށް ފަހު ރޮނާލްޑޯ ޓީމުގެ ކުޅުމާއި އަދި މެޗުގެ ނަތީޖާ އާއި މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރިތަން ފެނިގެންދިޔަ އެވެ.
މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އަލް އިއްތިހާދުން ވަނީ އަލް ނަސްރު ފަހަތަށް ޖައްސާލުމަށްފަހު ލީގު ތާވަލުގެ ކުރީގައި އެއް ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. 20 މެޗު ކުޅެގެން އެޓީމަށް 47 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް އަލް ނަސްރަށް 20 މެޗުން ލިބިފައިވަނީ 46 ޕޮއިންޓެވެ.
އަލް އިއްތިހާދު އަތުން ބަލިވެ ލީގުގެ އެއްވަނަ މަގާމު ގެއްލުމުން ރޮނާލްޑޯ ހިތްހަމަ ނުޖެހިފައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ