އެމެރިކާ އާއި އިޒްރޭލުން އިރާނަށް ބޮން އަޅައި ފެށި ހަނގުރާމައާ ގުޅިގެން ހޮރުމޫޒު ކަނޑުއޮޅި ބަންދުވުމާއެކު ތެޔޮ އެކްސްޕޯޓުތައް ހުއްޓި ތެޔޮ އުފައްދާ މިންވަރު އިރާގުން ދަށްކޮށްފި އެވެ.
އިރާގުން ވަނީ އެ ގައުމުގައި ހިންގާ ހުރިހާ ތެޔޮ އުފައްދާ ކާރުހާނާތަކުން މި ފިޔަވަޅު އަޅަން މަޖުބޫރުކޮށްފަ އެވެ. އިރާގުން އުފައްދާ ތެލުގެ ބޮޑު ބައެއް ވިއްކަނީ ހޮރުމޫޒު ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރާ ޓޭންކަރުތައް ބޭނުންކޮށްގެންނެވެ.
ތެޔޮ ކުންފުނިތަކުން ޓޭންކަރުތައް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބު ނުވާ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި ދައުލަތުގެ ތެޔޮ ކުންފުނި އޮތީ ތެޔޮ ޓޭންކަރުތަކަށް ލޯޑު ކުރުމަށް ތައްޔާރަށް ކަމަށް އިރާގުން ބުނެ އެވެ.
އިރާގުގެ ތެޔޮ މިނިސްޓްރީން ވަނީ މިހާރު އޮތް ހާލަތަށް ރިއާޔަތްކޮށް، ތެޔޮ ނަގާ ބައެއް ސަރަހައްދުތަކުގައި މަސައްކަތް މުޅިން ހުއްޓާލުމަށް އަންގާފަ އެވެ. މި ފިޔަވަޅުގެ ސަބަބުން ލިބޭ އެއްވެސް ގެއްލުމަކަށް ބަދަލު ނުދޭން ވެސް އިރާގުގެ ސަރުކާރުން ވަނީ ނިންމާފަ އެވެ.
ބަސަރާ ތެޔޮ ކުންފުނިން ދުވާލަކު އުފައްދާ ސާފުނުކުރާ ތެލުގެ މިންވަރު ވަނީ 3.3 މިލިއަން ފީފާއިން 900،000 ފީފާއަށް ދަށްކޮށްފަ އެވެ. މިއީ އެ ގައުމުގެ ދެކުނުގެ ބަނދަރުތަކުން ތެޔޮ ބޭރުކުރުން ހުއްޓާލުމާ ގުޅިގެން އެޅި ފިޔަވަޅެކެވެ.
މިހާރު އުފައްދާ މަދު މިންވަރު ބޭނުންކުރަމުން ދަނީ ގައުމުގެ ތެޔޮ ސާފުކުރާ ކާރުހާނާތައް ހިންގުމަށެވެ.
މި ހަނގުރާމައާ ގުޅިގެން ފާއިތުވި ހަތަރު އަހަރު ތެރޭ ތެލުގެ އަގު ނުއުފުލޭ މިންވަރަށް ދުނިޔޭގެ ބާޒާރުގައި ވަނީ އުފުލިފަ އެވެ.
އިރާގުން ތެޔޮ އުފަައްދާ މިންވަރު މަދުކޮށްފި އިރާގުން ތެޔޮ އުފަައްދާ މިންވަރު މަދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ