ޔޫރަޕިއަން ޗެމްޕިއަންސް ލީގުގައި ރޭ އެތްލެޓިކޯ މެޑްރިޑް އަތުން ބާސެލޯނާ 2-0އއިން ބަލިވި މެޗުގައި ވީޑިއޯ އެސިސްޓެންޓް ރެފްރީ މަސައްކަރް ކުރުވީ އިދިކޮޅު ޓީމަށް އެކަނި ކަމަށް ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.
މެޗަށް ފަހު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ހުރި ކޯޗު ބުނީ އަމިއްލަ ދަނޑުގައި ބާސެލޯނާ ބަލިވި އެއް ސަބަބަކީ ވެސް ރެފްރީ އެ ޓީމާ ދެކޮޅަށް ތިބުން ކަމަށެވެ.
ފުރަތަމަ ހާފުގައި ބާސެލޯނާގެ ޑިފެންޑަރު ޕައު ކުބަރްސީ އަށް ރަތްކާޑު ދައްކަން ޖެހުނު މެޗުގައި ކޯޗު އެންމެ ބޮޑަށް ފާހަގަ ކުރާ އެއް ހާދިސާ އަކީ އެތްލެޓިކޯގެ ކުޅުންތެރިއަކު ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅަ މަޑުކުރިވި މައްސަލަ އެވެ.
"ކީޕަރު ކުޅެން ފަށަނީ. އޭގެ ފަހުން ޑިފެންޑަރު އަލުން އެ ބޯޅަ އަތުން ކޮންޓްރޯލް ކޮށްފައި ބިންމަތީގައި ބާއްވާފައި އަލުން ކުޅެން ފަށާއިރު ވެސް ވީއޭއާރު ރެފްރީން ވެސް މެޗުގެ ރެފްރީން ވެސް އަޅާ ނުލާ. މި މެޗުގައި ރެފްރީން ތިބީ ވަރަށް ބޮޑަށް އަހަރުމެންނާ ދެކޮޅަށް،" ކޯޗު ބުންޏެވެ.
މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދަން މި މެޗުގެ ކުރިން ފްލިކް އޭނާގެ ކުޅުންތެރިންނަށް އަންގާފައި އޮތީ އަމިއްލަ ދަނޑުގައި މޮޅުވުމަށެވެ. ސަބަބަކީ މީގެ ހަފުތާ އެއް ފަހުން އެތްލެޓިކޯގެ ދަނޑުގައި ކުޅޭ މެޗު އުނދަގޫވާނެ ކަމަށް ބުނެ އެވެ.
"މި ނަތީޖާގެ ސަބަބުން އަހަރުމެން މޮޅުވާން ކުރަން ޖެހޭ މަސައްކަތް ތިން ގުނަވީ. ފުޓްބޯޅައިގައި ކޮންމެ ފަދަ ނަތީޖާއެއް ވެސް ނުކުމެދާނެ. އެކަމަކު މީގެ ސަބަބުން އަހަރުމެންނަށް އެ މީހުންގެ ދަނޑުގައި މޮޅުވާން ވަރަށް މަސައްކަތް ކުރަން ޖެހޭނެ. ބައެއް ފަހަރު ނަސީބަކީ މެޗެއް ކާމިޔާބު ކުރަން ވަރަށް މުހިންމު އެއްޗެއް،" ކޯޗު ބުންޏެވެ.
މި ސީޒަނުގައި ބާސެލޯނާ އަށް ކޮޕާ ޑެލްރޭ ފުޓްބޯޅަ މުބާރާތް ގެއްލުނީ ވެސް އެތްލެޓިކޯ އަތުން ބަލިވުމުންނެވެ.
ވީއޭއާރު މަސައްކަތް ކުރުވީ އެތްލެޓިކޯ އަށް އެކަނި: ބާސެލޯނާ ކޯޗު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ