މަސްތުވާތަކެއްޗާއިއެކު ގދ.ވާދޫން ދެމީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ގދ. ވާދޫ އިން 2 މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ގައްދޫ / ސަންދަރޯސްގެ، މުޙައްމަދު އަޝްރަފް (30އ) އާއި ގއ. މާމެންދޫ / ހިތްވަރު، އާމިނަތު ޝާޔާ ޝުޖާޢު (18އ) އެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި ވާދޫ ބަނދަރު ސަރަހައްދުން މި ދެ މީހުން ހުއްޓުވައި ބަލައިފާސްކުރި އިރު، ބަރުދަނުގައި 3.28 ގްރާމް ހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ