ރޯދަމަހަކީ ކެއުމާއި ކެއްކުމުގެ ވާދަވެރިކަން އޮންނަ މަހެއް ކަމުގައި ނުހަދާ އެހެން މަސްތަކަށްވުރެށް ބޮޑަށް އަޅުކަމުގައި ޝާމިލްވާ މަހެއް ކަމުގައި ހެދުން ވަރަށް މުހިންމެވެ.
އެހެން ރޯދަމަސްތަކާއި ހިލާފަށް މި ރޯދަ މަހު ވީހާވެސް މަދުން ކާތަކެތި ތައްޔާރުކޮށް އިސްރާފުކުރުން އެކޮށްހެން ނައްތާލާ، ބާކީވެފައި ހުންނަ ކާނާ ރައްކާކޮށް އެހެންފަހަރަކުން ބޭނުންކުރެވޭނެ ކަހަލަ ގޮތަކަށް ރާވަންވާނެ އެވެ.
ބޭނުންވާ ތަކެތި:
250ގ ބޯންލެސް ކުކުޅު
2 ފިޔާ (ކުދިކޮށް ކޮށާފައި)
1 ސައިސަމުސާ އަސޭމިރުސް
4 ލޮނުމެދު
½ ބޮޑު މިރުސް ނުވަތަ ކެޕްސިކަމް
ލޮނު
ފުއްގަނޑަށް
2 ޖޯޑު ފުށް
2 އަލުވި (ފެނު ކައްކާފައި)
2 މިރުސް
¼ ފިޔާ (ކުދިކޮށް ކޮށާފައި)
4 ލޮނުމެދު
1 މޭޒުމަތީ ސަމުސާ ކޮތަނބިރި ފަތް
2 މޭޒުމަތީ ސަމުސާ ތެޔޮ ނުވަތަ ބަޓަރު
1 ސައި ސަމުސާ ލޮނު
ކެރެޓު ނުވަތަ ލެޓިޔުސް ފަތް (ހިމަދިގުކޮށް ކޮށާފައި)
ސޯސް ގަނޑަށް
1 ބިސް (ހުދުބައި)
1 ލޮނުމެދު
1 ސައިސަމުސާ އަސޭމިރުސް
2 ފޮތި ޗީޒް
ތައްޔާރު ކުރާނެ ގޮތް
ތައްޔާރު ކުރަން ޖެހޭ ގަޑީގެ ކުރިން ކުކުޅުކޮޅާއި އަސޭ މިރުސް ލޮނު އަދި މުގުރި މިރުސް އެއްކޮށް 30 މިނެޓް މެރިނޭޓް ކުރާށެވެ. ފުށްގަނޑު ތައްޔާރުކުރުމަށް ބޭނުންވާ ހުރިހާ އެއްޗެއް ވަރަށްކުދިކޮށް ކޮށާލުމަށްފަހު ފެނުކެއްކި އަލުވި، ފުށާއި، ލޮނު އަދި ތެޔޮ އަޅައިގެން ފުށްގަނޑު މޮޑެލާށެވެ. އެއަށްފަހު ރޮށި ފިހާ ތަވާގައި ފަހަރަކު ރޮއްޓެއް ފިހެލާށެވެ.
ސޯސް ގަނޑު ތައްޔާރުކުރުމަށް ބޭނުންވާ ހުރިހާ އެއްޗެއް (ބިސް ފިޔަވައި) ހިމުންކޮށްލާށެވެ. އެއަށްފަހު ބިހުގެ ހުދުބައި އަޅައިގެން އެއްކޮށްލާށެވެ.
ކުޑަ ތެޔޮފޮދެއް ތަވާއަށް އެޅުމަށްފަހު މެރިނޭޓް ކުރި ކުކުޅު ރަތްކުލަ އަރަންދެން ތެލުލާށެވެ. އެއަށްފަހު ހިހޫވަންދެން ބެހެއްޓުމަށްފަހު ހިހޫވުމުން ކުދިކޮށް ކޮށާށެވެ.
ފިޔާ، ލޮނުމެދު، ކެޕްސިކަމް ކުޑަ ތެޔޮކޮޅެއް ތަވާއަށް އަޅައިގެން މީރުކޮށްލާށެވެ. ފިޔާގަނޑު ރަނގަޅަށް ކެކުމުން އޭގެތެރެއަށް ކޮށާފައި ހުރި ކުކުޅުމަސް އަޅާށެވެ. އެއަށްފަހު ތައްޔާރުކުރި ސޯސް އަޅައިގެން މަސްގަނޑު މޮޑެލާށެވެ. ރޮށީގައި ސޯސް ހާކާލުމަށްފަހު ތައްޔާރުކުރި މަސްގަނޑު އެޅުމަށްފަހު، ކޮށާފަހުރި ކެރެޓް ނުވަތަ ލެޓިޔުސް ފަތް އެޅުމަށްފަހު އޮޅާލާށެވެ.
ރެސިޕީ: ޗިކަން ރޯލްސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ