މަޖިލިސް ރައީސް ރަސްމީ ދަތުރެއްގައި މިއަދު އިންޑިއާއަށް ފުރާވަޑައިގަންނަވަނީ މަޖިލިސް ރައީސް ރަސްމީ ދަތުރެއްގައި މިއަދު އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރަސްމީ ދަތުރެއްގައި މިއަދު އިންޑިއާގެ ނިއުދިއްލީއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މަޖިލީހުގެ މީޑިއާ އޮފިޝަލް މާން އަސްއަދު އަދަދު އަށް ވިދާޅުވީ އަބްދުއްރަހީމް ފުރާވަޑައިގަންނަވަނީ ކޮމަންވެލްތުގެ ގައުމުތަކުގެ މަޖިލިސް ރައީސުން ބައިވެރިވެވަޑައިގަންނަވާ 28 ވަނަ ކޮންފަރެންސަށް ކަމަށެވެ.
މާދަމާ ފަށާ އެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްފަހު އަބްދުއްރަހީމް އެނބުރި ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 18، ގަ އެވެ.
މިއީ އަބްދުއްރަހީމް ރަސްމީ ދަތުރެއްގައި އިންޑިއާއަށް ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދައުވަތަކަށް އަބްދުއްރަހީމް ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެ ގައުމަށް ވަޑައިގެންނެވި އެވެ.
އަބްދުއްރަހީމް ހިމެނޭ ގޮތަށް މި ސަރުކާރުގެ އިސްވެރިން ވެރިކަމަށް އައުމުގެ ކުރިން އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ސަރުކާރުގެ ވެރިން ދެއްކި ބައެއް ވާހަކަތަކާ ގުޅިގެން ދެ ގައުމުގެ ގުޅުން ގޯސްވި އެވެ.
ނަމަވެސް ފަހުން އަނެއްކާ ދެ ގައުމުގެ ގުޅުން ރަނގަޅު ކުރުމަށް މުހައްމަދު މުއިއްޒު ވަނީ އިންޑިއާއަށް ވަޑައިގެންފަ އެވެ. އެއަށްފަހު ދެ ގައުމުގެ ގުޅުން ރަނގަޅުވެ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ރާއްޖެއަށް މިދިޔަ އަހަރު ވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ