ރާއްޖެއަށް އަލަށް ކޯޑްވެލް މެރީންގެ ޑީސަލް އައުޓްބޯޑު އިންޖީނު ތާރަފުކޮށްފި

މޯލްޑިވްސް މެރީން އެކްސްޕޯއާއި ދިމާކޮށް، ކޯޑްވެލް މެރީންގެ ޑީސަލް އައުޓްބޯޑް އިންޖީނު ރާއްޖެއަށް އަލަށް ތައާރަފްކޮށްފިއެވެ. ކޯޑްވެލް މެރީންއަކީ އިނގިރޭސިވިލާތުގެ ކުޅަދާނަ މެރީން އިންޖިނިއަރިން ކުންފުންޏެކެވެ. އެ ކުންފުނީގެ މަގްސަދަކީ ފެންވަރު ރަނގަޅު އަދި އިތުބާރުކުރެވޭ އުފެއްދުންތަކުގެ އެހީގައި އައުޓްބޯޑް އިންޖީން އިންޑަސްޓްރީއަށް އިންގިލާބީ ބަދަލެއް ގެނައުންކަމަށް އެ ކުންފުނިން ބުނެއެވެ. އެ ކުންފުނިން މިހާރު ވަނީ ކުންފުނީގެ ޕްރޮޑަކްޓުތައް ރާއްޖެއަށް ތައާރަފުކުރަން ފަށާފައެވެ. އެގޮތުން، މޯލްޑިވްސް މެރީން އެކްސްޕޯގައި ބައިވެރިވުމުގެ އިތުރުން، އެކުންފުނީގެ "AX300 ޑީސަލް އައުޓްބޯޑް" އިންޖީނު ތައާރަފުކުރުމަށް ޓަކައި ޚާއްސަ ހަފްލާއެއް ވެސް ވަނީ ބާއްވާފައެވެ. އެ ހަފްލާގައި މީޑިއާތަކާއި، ކަނޑުދަތުރުފަތުރުގެ ދާއިރާގައި މަސައްކަތްކުރާ ފަންނީ ފަރާތްތަކާއި، އިންޑަސްޓްރީގެ ބޮޑުންގެ އިތުރުން، ކޯޑްވެލް މެރީންގެ ޕާޓްނަރުން ވަނީ ބައިވެރިވެފައެވެ. އެ ޙަފްލާގެ މައިގަނޑު މަގްސަދަކީ ކޯޑްވެލް މެރީންއާއި، އެކުންފުނީގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ AX300 ޑީސަލް އައުޓްބޯޑު އިންޖީނާ ބެހޭ މައުލޫމާތު ހިއްސާކުރުމެވެ. ރާއްޖެއަށް އަލަށް ކޯޑްވެލް މެރީންގެ ޑީސަލް އައުޓްބޯޑު އިންޖީނު ތާރަފުކޮށްފި--- ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ސިނާއަތަކީ މެދުނުކެނޑި ގިނަ ވަގުތު އުޅަނދުފަހަރު ދުއްވާ، އަދި މުޅި އަހަރު ގަދަ ހޫނާއި ލޮނުގައި، ބަރުކޮށް މުދާ އުފުލަންޖެހޭ، ގޮންޖެހުންތައް ބޮޑު ސިނާއަތެކެވެ. އެ ކުންފުނިން ބުނީ، AX300 ޑީސަލް އިންޖީނު ފަރުމާކުރެވިފައި ވަނީ އެފަދަ ކަންކަމަށް ރިއާޔަތްކޮށް ކަމަށާއި ކޯޑްވެލް މެރީންގެ އައު އިންޖީނު ތައާރަފުކުރުމަށް ރާއްޖެއަކީ އެންމެ އެކަށީގެންވާ އެއް މާހައުލު ކަމަށެވެ. އެ ހަފްލާގައި ކޯޑްވެލް މެރީންގެ ޓީމުން ވަނީ އެކުންފުނީގެ "ޕްރީމިއަމް އެންޑިއުރެންސް" ފަލްސަފާއާ ބެހޭ މައުލޫމާތު ހިއްސާކޮށްފައެވެ. އަދި AX300 ޑީސަލް އައުޓްބޯޑް ފަރުމާކުރުމާއި، ޓެސްޓްކުރުމާއި، އޭގެ ފެންވަރު ކަށަވަރުކުރުމުގައި ފަލްސަފާ ބޭނުންކޮށްފައިވާ ގޮތް ވަނީ ވަރަށް ތަފްސީލުކޮށް ކިޔައިދީފައެވެ. އަދި އިންޖީނުގެ އިންޖިނިއަރިން މަސައްކަތްތަކާއި، ކޮމާޝަލް އުޅަނދުފަހަރުގައި ޑީސަލް އިންޖީނު ބޭނުންކުރުމުގެ މުހިންމުކަމާއި، މާކެޓަށް މި އުފެއްދުން ނެރުމުގައި ކޯޑްވެލް މެރީންއިން ގެންގުޅޭ ހަރުދަނާ އުސޫލުތައް ވަނީ އޮޅުންފިލައިދީފައެވެ. AX300 ޑީސަލް އިންޖީނަކީ، ކަނޑު އުޅަނދުފަރު މެދުނުކެނޑި ގިނަ ވަގުތު އޮޕަރޭޓުކުރާ، އަދި އިންޖީނުގެ ދުވެއްޔާއި، ހަކަތައިގެ އިގްތިސާދާއި އިތުބާރަށް ބަރޯސާވާ ޕްރޮފެޝަނަލް އަދި ކޮމާޝަލް ކަނޑު ދަތުރުކާ ފަރާތްތަކަށް ހާއްސަކޮށް އުފައްދާފައިވާ އިންޖީނެކެވެ. ރާއްޖެއަށް އަލަށް ކޯޑްވެލް މެރީންގެ ޑީސަލް އައުޓްބޯޑު އިންޖީނު ތާރަފުކޮށްފި--- މި އިންޖީނަކީ ބާރުގަދަ ޑީސަލް ޕަވާ ހެޑަކާއި، ކޯޑްވެލް މެރީންއިން އުފައްދާ ޕޭޓޭންޓުކޮށްފައިވާ އިންޓަގްރޭޓަޑް ސްޓިއަރިން ސިސްޓަމަކާއި، ޑްރައިވް ޓްރެއިންއަކާއި، އަދި ކޮންޓްރޯލް ޓެކްނޮލޮޖީ ހިމެނޭހެން ހުރިހާ ބައިތައް ފުރިހަމައަށް ގުޅި، އެކުގައި މަސައްކަތް ކުރާގޮތަށް ފަރުމާކޮށްފައިވާ އިންޖީނެކެވެ. އަދި މީގެ އިތުރުން މި އިންޖީނު ފަރުމާކުރެވިފައި ވަނީ އުނދަގޫ މާހައުލުތަކުގައި މަސައްކަތްކުރާއިރު ވެސް، ރައްކާތެރިކަމާއި ފަސޭހަކަމާއެކު އިންޖީނުގެ މަރާމާތުތައް ކުރެވޭނެ ފަދަ އިންތިޒާމުތައް ހިމެނޭ ގޮތަށް ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ޙަފްލާގެ ބައިވެރީންނަށް ވަނީ ކަނޑުމަތީގައި AX300 ޑީސަލް އިންޖީނު ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ދީފައެވެ. އަދި ކޯޑްވެލް މެރީންގެ އިންޖިނިއަރުންނާއި އިސްވެރިންނާ ސުވާލުކޮށް މައުލޫމާތު ބަދަލުކުރުމުގެ ފުރުސަތުވެސް ވަނީ ފަހިކޮށްދީފައެވެ. މޯލްޑިވްސް މެރީން އެކްސްޕޯގައި ހުންނަ ކޯޑްވެލް މެރީންގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެކުންފުނީގެ މަސައްކަތްތަކާއި، ދުނިޔޭގެ ބާޒާރަށް މި އުފެއްދުން ތައާރަފުކުރުމަށް ރާވާފައިވާ ގޮތްތަކާ ބެހޭ އިތުރު މައުލޫމާތު ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ރާއްޖެއަށް އަލަށް ކޯޑްވެލް މެރީންގެ ޑީސަލް އައުޓްބޯޑު އިންޖީނު ތާރަފުކޮށްފި--- ދިވެހިރާއްޖޭގެ މާހައުލަކީ ކޮމާޝަލް ކަނޑު އުޅަންދުފަހަރުގެ އިންޖީނުތަކަށް މުޅި ދުނިޔޭގައިވެސް އޮތް އެންމެ ގޮންޖެހުންތައް ބޮޑު އެއް މާހައުލު. މޯލްޑިވްސް މެރީން އެކްސްޕޯއާ ދިމާކޮށް އަޅުގަނޑުމެންގެ އުފެެއްދުން ތައާރަފުރުމުގެ މަގްސަދަކީ، AX300 ޑީސަލް އިންޖީނަކީ މިފަދަ ގޮންޖެހުން ބޮޑު މާހައުލުތަކުގައި އުޅަނދު ދުއްވާ ފަރާތްތަކުގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ އެއްޗެއްކަން އަމަލީ ގޮތުން ސާބިތު ކޮށްދިނުން. މިއީ މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަޑުއަހައި، އަޅުގަނޑުމެންގެ މަސައްކަތްތައް ދައްކާލައި، އަދި ރާއްޖޭގެ ސިނާއަތުގެ ބައިވެރިންނާއެކު ދިގުމުއްދަތަކަށް ދެމިގެންދާ ގާތް ގުޅުމެއް ގާއިމުކުރުމަށް އެޅުނު ފިޔަވަޅެއް. ކޯޑްވެލް މެރީންގެ ސީއީއޯ ސާރާ ސިމްޕްސަން އެ ކުންފުނިން ބުނީ ރާއްޖޭގައި ބޭއްވުނު މި ޙަފްލާއަކީ، AX300 ޑީސަލް އައުޓްބޯޑް ދުނިޔޭގެ ބާޒާރަށް ތައާރަފުކުރުމަށް ކޯޑްވެލް މެރީންއިން، އެކި މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމްގެ ބައެއް ކަމަށެވެ. މީގެ އިތުރުން މެދުއިރުމައްޗާއި، އުތުރު އެމެރިކާ އަދި ޔޫރަޕްގައިވެސް މި އިންޖީނު ތައާރަފުކުރުމުގެ ހަރަކާތްތައް ބޭއްވުމަށް ރޭވިފައި ވާކަމަށް އެ ކުންފުނިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ