ޕްރޮސިކިއުޓަރުންގެ ހުނަރު ތަރައްޤީކުރުމަށް ޕީޖީ އައްބާސް އިންޑިއާ ސަފީރާ ބައްދަލުކުރައްވައިފި

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ހާމަކުރި ގޮތުގައި، އިންޑިއާ ހައިކޮމިޝަނުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ޕްރޮސިކިއުޓަރުންގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ކުރު އަދި ދިގު މުއްދަތުގެ ތަމްރީނު ފުރުޞަތުތައް ހޯދުމާއި، ޕްރޮސިކިއުޝަން ދާއިރާއިން ދެ ޤައުމުގެ އެއްބާރުލުން އިތުރުކުރުމެވެ.
ޕްރޮސިކިއުޓަރުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމުގައި އިންޑިއާއަކީ ރާއްޖޭގެ މުހިންމު ބައިވެރިއެކެވެ. އެގޮތުން، ވޭތުވެދިޔަ އަހަރުވެސް ގިނަ އަދަދެއްގެ ޕްރޮސިކިއުޓަރުން ވަނީ އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާ އައިޓެކް ޕްރޮގްރާމްތަކުގައި ބައިވެރިވެފައެވެ. މި ތަމްރީނުތަކުގެ ސަބަބުން ޕްރޮސިކިއުޓަރުންގެ ފަންނީ ހުނަރުތައް ކުރިއަރައި، ދެ ޤައުމުގެ މުއައްސަސާތަކުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެފައިވާކަން ޕީޖީ އޮފީހުން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ