ސިވިލް ކޯޓުގެ އިސް ގާޒީ އަހްމަދު ނިމާލް ޖުނައިދު އަވަހާރަވެއްޖެއެވެ.
ނިމާލް ކުއްލި ގޮތަކަށް އަވަހާރަވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށްވެއެވެ. އުމުރުން 36 އަހަރުގެ ނިމާލް ސިވިލް ކޯޓުގެ އިސް ގާޒީއަކަށް ހަމަޖެއްސީ މިދިޔަ މަހުއެވެ.
ނިމާލްގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.
ނިމާލް ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަންކުރެއްވި މާޗް މަހުއެވެ. ނިމާލްއަކީ ސިވިލް ކޯޓުގެ އެންމެ ޒުވާން ގާޒީންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.
ސިވިލް ކޯޓުގެ އިސް ގާޒީ އަވަހާރަވެއްޖެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ