މަޖިލީހަށް އަލަށް ހުށަހަޅަންޖެހޭ ޤާނޫނުތައް ހުށަހެޅުމަށް އިދާރީގޮތުން މިދަނީ ތައްޔާރުވަމުން: ހީނާ

ރައްޔިތުންގެ މަޖިލީހަށް އަލަށް ހުށަހަޅަންޖެހޭ ޤާނޫނުތައް ހުށަހެޅުމަށް އިދާރީގޮތުން ވާންޖެހޭ ތައްޔާރީތައްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ވަނީ ސުޕަރ މެޖޯރިޓީ ލިބިވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަންގެ މަޤާމާއި ހީނާ ވަލީދު ޙަވާލުވެވަޑައިގެން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުމާއެކު، ސަރުކާރުގެ ފަރާތުން އަލަށް ހުށަހަޅަންޖެހޭ ޤާނޫނުތަކާއި، އިސްލާޙުތައް ހުށަހެޅުމަށްޓަކާ އިދާރީގޮތުން ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށެވެ.
ހީނާ ވިދާޅުވީ، ސަރުކާރުގެ ހަފްތާ-14 ގައި ހިމެނޭ ލެޖިސްލޭޓިވް އެޖެންޑާގެ ތެރެއިން މަޖިލީހަށް ހުށަހަޅަންޖެހޭ މުހިންމު ޤާނޫނުތަކެއް އެބަހުރިކަމަށެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމާއި، ޖިނާޢީ އަދުލުގެ ނިޒާމާއި، އިޖްތިމާޢީ ރައްކާތެރިކަމާއި، ހިންގުމުގެ ނިޒާމާ ގުޅޭ ޤާނޫނުތައް ހިމެނޭކަން ހީނާ ފާހަގަކުރެއްވިއެވެ. މީގެ އިިތުރުން މިހާރުވެސް ކޮމެޓީ މަރުޙަލާގައި ތާށިވެފައި ހުރި ޤާނޫނުތަކާއި އިސްލާޙްތައްވެސް ކުރިއަށްއޮތް ދައުރުގައި ނިންމުމަށްޓަކާ އިސްކަމެއް ދެއްވާނެކަމަށް ހީނާ ވިދާޅުވިއެވެ.
އިތުރު ތަފްޞީލު އަންނަނީ.....
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ