އުރީދޫ ހަދިޔާފޮށީގެ އެންމެ ހާއްސަ އިނާމް އަހްމަދު ފަޔާޒުއަށް 18 އަހަރު އަލަށް ފުރޭ މީހުން ވޯޓުލާން ނުނިކުތުމަކީ ގޯސް ފާލެއް: އީސީ އެމްޑީޕީގެ އިސްވެރިއަކީ ކާކުތޯ ރީކޯ މޫސަ ސުވާލު އުފައްދަވައިފި ޖަގަހައިގައި ރޯކޮށްލި މީހާ ހައްޔަރުކުރީ ރާއްޖެއިން ބޭރަށް ފުރަ

އެމެރިކާ ލީގުގައި މިއަދު ނިއު އިންގްލެންޑް ރިވޮލިއުޝަން އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެމެރިކާ ލީގުގެ އެއްވަނައަށް ލިއޮނެލް މެސީގެ އިންޓަ މިއާމީ ޖެހިލައިފިއެވެ.
އެމެރިކާގެ ފޮކްސްބޮރޯ ޓައުންގައި އޮންނަ 68 ހާސް މީހުންގެ ޖާގައިގެ ޖިލެޓް ސްޓޭޑިއަމުގައި ނިއު އިންގްލެންޑް ރިވޮލިއުޝަން އާއި ދެކޮޅަށް ކުޅުނު މި މެޗު އިންޓަ މިއާމީން ކާމިޔާބުކުރީ 1-4 ގެ ނަތީޖާއިންނެވެ.
މެޗު ފެށިގެން އިންޓަ މިއާމީން ރަނގަޅަށް ކުޅުނު ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ ނިއު އިންގްލެންޑުންނެވެ. މެޗު ފެށިގެން ފުރަތަމަ މިނެޓުގައި އެޓީމުން ލަނޑުޖަހައި ލީޑު ނެގިއިރު، މި ލަނޑު ޖަހައިދިނީ ޓޮމާސް ޗަންކަލޭ އެވެ.
ނިއު އިންގްލެންޑް ލީޑުގައި ވަނިކޮށް އިންޓަ މިއާމީން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 32 ވަނަ މިނެޓުގައި ލިއޮނެލް މެސީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑު ޖެހުމަށް މެސީއަށް ފުރުސަތު ތަނަވަސްކޮށްދިނީ ރޮބަޓް ޓެއިލަރއެވެ.
ދެ ޓީމު އެއްވަރެއްގައި އޮވެ، ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، ދެވަނަ ހާފު ފެށިގެން 68 ވަނަ މިނެޓުގައި އިންޓަ މިއާމީން ދެވަނަ ލަނޑުޖަހައި މެޗުގެ ލީޑު އަތުލިއެވެ. އިންޓަ މިއާމީއަށް މެޗުގެ ދެވަނަ ލަނޑުވެސް ޖަހައިދިނީ މެސީއެވެ. މި ލަނޑު ޖެހުމަށް މެސީއަށް ފުރުސަތު ތަނަވަސްކޮށްދިނީ ސާޖިއޯ ބުސްކެޓްއެވެ.
އިންޓަ މިއާމީގެ ފަހު ދެލަނޑު ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒް އާއި ބެންޖަމިން ކްރެމާސްކީ އެވެ. އިންޓަ މިއާމީގެ ތިންވަނަ ލަނޑު މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބެންޖަމިން ކްރެމާސްކީ ޖަހައިދިނީ މެޗުގެ 83 ވަނަ މިނެޓުގައެވެ. އަދި އެޓީމުގެ ހަތަރު ވަނަ ލަނޑު 89 ވަނަ މިނެޓުގައި ސުއަރޭޒް ކާމިޔާބުކޮށްދިނީވެސް މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.
މި މެޗުގައި މެސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، އިންޓަ މިއާމީން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން އޭނާ ވަނީ ދެ ލަނޑު ޖަހައިިދީ އަނެއް ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް މެސީއެވެ.
މި މެޗުން ހޯދި މޮޅާއި އެކު އިންޓަ މިއާމީ ވަނީ އެމެރިކާ ލީގުގައި މިހާތަނަށް ކުޅުނު 11 މެޗުން 21 ޕޮއިންޓް ހޯދައިގެން އެއްވަނައަށް ޖެހިލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ