އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޝޯވރޫމެއް ހުޅުމާލޭގައި ހުޅުވައިފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސް.ޓީ.އޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯވރޫމް ހުޅުވައި ޚިދުމަތްދޭން ފަށައިފިއެވެ.
އެސް.ޓީ.އޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލޭ ޝޯވރޫމް ހުޅުވުމަށް ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވީ އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް ބައިވެރިވެވަޑައިގަތެވެ.
މި ހަފްލާގައި އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް ވަނީ އެކުންފުނީގެ ކުރިއެރުމުގައި ކުރީގެ މެނޭޖްމެންޓްތަކާއި، ބޯރޑު މެމްބަރުންގެ ރޯލް ވަރަށް ބޮޑަށް ފަހާގަކޮށް އެކަމުގެ ޝުކުރުދަންނަވާފައެވެ.
އެސް.ޓީ.އޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ މި ފިހާރައިން އިމާރާތްކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއްގެ އިތުރުން މަކިޓާ ޓޫލްސް، އަދި ނިޕޯން ފަދަ އެސް.ޓީ.އޯގެ އެންމެ މަޤުބޫލު ބްރޭންޑްތައް ލިބިގެންދާނެކަމަށް އެސްޓީއޯއިން ބުނެއެވެ.
މި ޝޯވރޫމް ވެގެންދާނީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި، ކޮންސްޓްރަކްޝަން ސިނާއަތުގެ ބައިވެރިންނަށް ލިބިގެންދާ އިތުރު ކުރިއެރުމަކާއި ފަސޭހައަކަށްކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
އެސް.ޓީ.އޯއިން ބުނީ މަކިޓާ އަދި ނިޕޯން ޕެއިންޓްގެ އިތުރުން ކޮންސްޓްރަކްޝަން މެޓީރިއަލްސްއާއި ރެޑީމިކްސް ހުޅުމާލެ ޝޯވރޫމް އިން އޯޑަރ ކުރެވޭނެކަމަށެވެ. އެސް.ޓީ.އޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޝޯވރޫމް ހުޅުވައިފައިވަނީ ހަމަކުރިންވެސް އެސްޓީއޯ ހުޅުމާލެ ފިހާރަ ހުޅުވައިފައިވާ ތަނުގައެވެ.
އެސްޓީއޯއިން ބުނީ ކަސްޓަމަރު އިހްތިޔާރު ކުރާ ނިޕޯންގެ ކޮންމެ ކުލައެއް ތައްޔާރުކުރުންވެސް ވަގުތުން ކުރިއަށްދާނެ އިންތިޒާމް މި ޝޯވރޫމްގައި ހަމަޖެހިފައިވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ