ކުޅުދުއްފުށީގެ ކަރަންޓް މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯގެ ޓީމެއް އެ ސިޓީއަށް

ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓް މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯގެ ތަޖުރިބާކާރުންގެ ޓީމެއް އެ ސިޓީއަށް ދިއުމަށް ފުރައިފިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، އެ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލު ކުރުމަށް ފެނަކައިގެ އެދުމުގެ މަތިން އެ ކުންފުނީގެ ގިނަދުވަސްވީ ތަޖުރިބާކާރު އިލެކްޓްރިކަލް އަދި މެކޭނިކަލް އިންޖީނިއަރުން ހިމެނޭ ޓީމެއް ކުޅުދުއްފުށި ސިޓީއަށް ދަތުރު ކުރަމުންދާ ކަމަށެވެ.
މިއަދު ހެނދުނު 9:15 އިން ފެށިގެން މުޅި އެ ސިޓީން ވަނީ ކަރަންޓު ކެނޑިފައެވެ.
ފެނަކައިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ ރަށުން ކަރަންޓު ކެނޑުނީ ރަށަށް ކަރަންޓު ދޫކުރަމުންދާ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައިގެން ކަމަށެވެ. އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ