ކުޅުދުއްފުށިން އަނެއްކާ ވެސް ކަރަންޓް ކެނޑިއްޖެ

ކުޅުދުއްފުށީގެ ކަރަންޓް މައްސަލަ ރޭ ހައްލުކޮށްފައި ވަނިކޮޑް އެ ސިޓީން މިއަދު އަނެއްކާ ވެސް ކަރަންޓުގެ ޚިދުމަތް ކެނޑިއްޖެއެވެ.
ކަރަންޓް ކެނޑުނީ ހެނދުނު 9:00 އެހާކަށްހާ އިރު އެވެ.
ފެނަކައިން ރޭ ބުނެފައި ވަނީ އިއްޔެ ހެނދުނު ކުޅުދުއްފުށީގައި ހިންގަމުން އައި ހަތް ޖަނަރޭޓަރުގެ ތެރެއިން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލްމޮޑިއުލް އަނދައި މުޅި ރަށުން ކަރަންޓު ކެޑުނު މައްސަލަ ހައްލުކޮށް ރޭ 8:10 ގައި ހައްލުކޮސްފައިވާ ކަމަށެވެ. ރޭ މައްސަލަ ހައްލުކުރީ އިއްޔެ ކުޅުދުއްފުއްޓަށް ދިޔަ ސްޓެލްކޯގެ ޓީމެއްގެ އެހީތެރިކަމާ އެކީގަ އެވެ.
ކުޅުދުފުއްށިން ކަރަންޓް ކެނޑޭ މައްސަލަ ދިމާވާތާ މިހާރު މަހެއްހާ ދުވަސްވެއްޖެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ