ކަރަންޓުގެ އަގު ހެޔޮކުރަން ނިންމައިފި

ކަރަންޓުގެ އަގު ހެޔޮކުރަން ސަރުކާރުން ނިންމައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ މިއީ ތެލުގެ އިމްޕޯޓު ޑިއުޓީ 10 ޕަސަންޓުން ފަސް ޕަސަންޓަށް ކުޑަކޮށްފައިވުމާއި ގުޅިގެން ނިންމި ނިންމުމެއް ކަމަށެވެ.
އަދި މިއާއެކު ކަރަންޓް ބިލުތަކުން 10 ޕަސެންޓާއި 15 ޕަސެންޓްގެ ހެޔޮވުމެއް އަންނާނެ ކަމަށާއި މި ބަދަލު އަންނަ މަހުގެ ބިލުގައި ހިމަނާނެ ކަމަށް މިނިސްޓަރު ތޯރިގު ވިދާޅުވިއެވެ.
އެސްޓީއޯ އިން ތެލުގެ އަގަށް ގެނައި ބަދަލާއެކު ޑީސަލް ލީޓަރެއް މިހާރު 8 ރުފިޔާ 44 ލާރިއަށް ލިބޭނެއެވެ. އަދި ޕެޓްރޯލް ލީޓަރެއް ލިބޭނީ 8 ރުފިޔާ 65 ލާރިއަށެވެ.
އިތުރު ތަފްސީލް އަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ