މެމްބަރު ނާޒިމް ޕޮލިހަށް ހާޒިރުވާން އަންގައިފި

ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ނާޒިމް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައިފި އެވެ.
ނާޒިމް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާ ޗިޓް ފޮނުވާފައިވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް އެމްޑީޕީން ހާމަކުރެއެވެ. ނަމަވެސް ނާޒިމް ހާޒިރުކުރާ މައްސަލައެއް ސާފުވެފައެއް ނުވެއެވެ.
ނާޒިމް ޕޮލިހަށް ހާޒިރުވާން އަންގާފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:30 އަށެވެ.
ނާޒިމް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވާއިރު ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވެސް ވަނީ ދާދިފަހުން ދެ ފަހަރެއްގެ މަތިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ.
ރިޔާޒް ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ހަގީގަތާ ހިލާފު ދޮގު ވާހަކަ ފަތުރައި، ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން މަސައްކަތްކޮށް، ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، އެ މުއައްސަސާ ބަދުނާމުކޮށް، ދޮގު ވާހަކަ ދައްކާ ކަމަށް ތުހުމަތު ކުރާ މައްސަލައާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ