މޭވާއާއި ތަރުކާރީ ކެއުމަކީ އަންހެނުން ހާޓް އެޓޭކް ޖެހުން ދުރުކޮށްދޭ ކަމެއް - ދިރާސާ

މޭވާއާއި ތަރުކާރީ ކެއުމަކީ އަންހެނުން ހާޓް އެޓޭކް ޖެހުން ދުރުކޮށްދޭ ކަމެއް ކަމަށް ދިރާސާ ތަކުން ދައްކައިފި އެވެ.
މި ދިރާސާ ހެދި ފަރާތްތަކުން ބުނާ ގޮތުން، ޒުވާން އަންހެނުންނަކީ ސިއްހަތަށް ރަނގަޅު ކާނާ ކެއުމުން ލޭނާރުތައް ބެދުމުގެ ފުރުސަތު ކުޑަ ބައެކެވެ.
އެހެން ނަމަވެސް، މިއީ ފިރިހެނުންނަށް ވާނެ ކަމެއް ނޫން ކަމަށް ސައިންސްވެރިން ބުނެ އެވެ. އަދި މި ކަމަކީ އިތުރަށް ތަހުލީލު ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ސައިންސްވެރިން ބުނެ އެވެ.
އެމެރިކާގައި 2500 އަށް ވުރެ ގިނަ މީހުން ބައިވެރި ކޮށްގެން ހެދި މި ދިރާސާގައި، ޒުވާން އުމުރުގައި ސިއްހަތަށް ފައިދާހުރި މާއްދާ އެކުލެވޭ ކާނާ ކެއުމުގެ މުހިންމުކަމަން ވަނީ ރަނގަޅަށް ހާމަ ވެފަ އެވެ.
މީގެ ކުރިން ހެދުނު ދިރާސާއެއް ދައްކާ ގޮތުން، ޢުމުރުން ދުވަސްވީ މީހުންގެ ތެރެއިން މޭވާއާއި ތަރުކާރީ ކާ މީހުންނަކީ ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ކުޑަ ވާ ބައެކެވެ. އެހެން ނަމަވެސް ޒުވާން އަންހެނުންނަށް މިކަމުގެ އަސަރު މާ ބޮޑަށް ދައްކަ އެވެ.
މި ދިރާސާގައި ބައިވެރިވި 20 ގެ އަހަރުތައް ގުނަމުން ދިޔަ އަންހެނުން ބުނީ، ކޮންމެ ދުވަހަކު 8 ނުވަތަ 9 މޭވާ ކެއިން ކަމަށެވެ. މި އަންހެނުންގެ ސިއްހަތު ވަނީ، 4 މޭވާ ދުވާލަކު ކާ ޢުމުރުން ދުވަސްމީ މީހުންގެ ސިއްހަތާ އަޅާ ކިޔައި، ބަލާފަ އެވެ.
މި ތަހުލީލުން ދެއްކީ، އަންހެނުންގެ ހަށިގަނޑުގައި ހުންނަ ލޭނާރުތައް ބެދުމުގެ ފުރުސަތަށް ވުރެ ޢުމުރުން ދުވަސްވީ މީހުންގެ ލޭނާރުތައް މެދުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
މިނެއާޕޮލިސްގެ ހާރޓް އިންޓްސިޓިއުޓްގެ ޑރ މައިކަލް މީޑެމާ ބުނީ، ކުރީގެ ދިރާސާތަކުން ވަނީ، މޭވާއާއި ތަރުކާރީ ގިނައިން ކާ ފިރިހެނުންގެ ސިއްހަތަށް އެތަކެތިން މާ ބޮޑު އަސަރު ނުކުރާ ކަން ފާހަގަ ވެފައި ކަމަށެވެ.
"އަހަރެެމެންނަށް އަދި ވަނީ މި ކަމަށް ބަޔޮލޮޖިކަލް ގޮތުން އެއްވެސް ކަހަލަ ސަބަބެއް ނުފެނިފައި." އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ