ހިތަދޫ ގެއެއްގެ ކޮޓަރިއެއްގަ ރޯވެ ބޭނުންނުކުރެވޭ ވަރަށް އަނދައިފި

އައްޑޫ ސިޓީ ހިތަދޫ ގެއެއްގައި އަލިފާން ރޯވެ، އެގޭގައި ހުރި ކޮޓަރިއެއް އަނދާ ހުލިވެއްޖެ އެވެ.
އެމްއެންޑީއެފްއިން ބުނީ ރޭ 21:10 ހާއިރު މިހާދިސާގެ މަޢުލޫމާތު ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު އެސަރަޙައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށާއި މިހާދިސާގައި ރޯވެފައިވަނީ ނައިނީ މަންޒިލް ނަމަކަށްކިޔާ ގޭގެ ކޮޓަރިއެއްގައި ކަމަށެވެ.
މިގޭގައި އޮފީހަކާއި ބަދިގެއެއްގެ އިތުރުން 2 ކޮޓަރި ހުރިއިރު މިތަންތަނަށްވެސް އަލިފާނުގެ އަސަރުކޮށް އެކިވަރުގެ ގެއްލުންތައް ލިބުނު ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.
މިހާދިސާގައި ރޯވި އަލިފާން ނިއްވާލާފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުންނާއި އޮގްޒިލަރީ ފަޔަރމަނުންގެ ގޮތުގައި ތަމްރީން ކުރެވުނު ފަޔަރމަނުންނާއި އެސަރަޙައްދުގައި ދިރިއުޅޭ އާންމުންގެ އެހީތެރިކަމާއެކު ރޭ 21:45 ހާއިރުއެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިިބިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ