މަޝްރޫއުތައް ކުރިއަށް ގެންދާނީ ދުބާއީ ނުވަތަ ސިންގަޕޫރު ނަމޫނާއަކަށް ބަލައިގެން: ގާސިމް

ވެރިކަން ލިބިވަޑައިގެންފިނަމަ ތަރައްޤީގެ މަޝްރޫތުތައް ކުރިއަށް ގެންދަވާނީ މާސްޓަރ ޕްލޭނެއްގެ ދަށުން ސިންގަޕޫރު ނުވަތަ ދުބާއީ ތަރައްޤީކޮށްފައިވާ ގޮަތް ނަމޫނާއަކަށް ބަލައިގެންކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީން އައްޑޫ ސިޓީގެ ކޮންވެންޝަން ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ދާސިމް ވިދާޅުވީ މާސްޓަރ ޕެލޭނެއްގެދަށުން ދުބާއީ ނުވަތަ ސިންގަޕޫރުގޮތަށް ތަރައްގީކުރާނީ އައްޑޫ ސިޓީ އެކަނި ނޫންކަމުގައެވެ. ނަމަވެސް އައްޑޫ ސިޓީއާއި މެދުރާއްޖެތެރޭގައި އުތުރުގެ އަތޮޅުތަކާއި މާލޭ ސަރަހައްދުވެސް އެ މާސްޓަރޕްރޭންގެ ދަށުން ތަރައްގީ ކުރައްވާނެކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި އައްޑޫގައި ފެނާއި ނަރުދަމާ ގާއިމްކޮށްދެއްވާނެކަމަށާއި ކޮންމެ ގެއަކަށްވެސް އަހަރުދުވަހުގެ ތެރޭގައި ހިދުމަތް ގުޅާދެވޭނެކަމުގައެވެ. އަދި ވެރިކަމަށް ވަޑައިގަންނަވާތާ ދެ އަހަރުގެ ތެރޭގައި މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށްދެއްވާނެކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ފެނާއި ނަރުދަމާގެ ނިޒާމާއިއެކު ކުނިނައްތާލެވޭނެ ނިޒާމެއްވެސް ގާއިމް ކުރައްވާނެކަމުގައެވެ. އަދި އެޑިއުކޭޝަންގެ ސިޔާސަތުގެ ތެރެއިން އެހެން ސްކޫލްތަކަށްވެސް ލިބޭ ބެނެފިޓްތައް ޕްރީ ސްކޫލްތަކަށްވެސް ގާސިމްގެ ވެރިކަމެއްގައި ދެވޭނެކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ކަންތައްތައް ކުރެވޭނީ އުއްމީދެއް އޮވެގެން ކަމަށާއި ޕްލޭނެއްވެސް އޮވެގެން ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ