ކޯޓުން ޕާސްޕޯޓު ހިފަހަށްޓާފައިވާ ދެ ބިދޭސީއަކު ފުރުވާލި މައްސަލައެއް ބަލަނީ

ކޯޓުން ޕާސްޕޯޓު ހިފަހައްޓާފައިވާ ދެ ބިދޭސީއަކު ފުރުވާލި މައްސަލައެއް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅައިފިއެވެ.
ޕީޖީ އޮފީހުން ބުނީ މަސްތުވާތަކެތި އެތެރެ ކުރުމުގެ 2 މައްސަލައެއްގައި ހިމެނޭ ބަންގްލަދޭޝްގެ ދެމީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނިކޮށް، އެ ދެމީހުން ފުރުވާލި މައްސަލަ ތަޙްޤީޤު ކުރުމަށް އެދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ހުށަހަޅާފައިވާ ކަމަށެވެ.
ކޯޓުން ޕާސްޕޯޓު ހިފަހަށްޓާފައިވާ ދެ ބިދޭސީން ފުރުވާލި މައްސަލާގައި އިހުމާލު ވަނީ ކޮން މުއައްސަސާއެއް ކަމެއް ޕީޖީ އޮފީހުން ނުބެނެއެވެ.
އެންއައިސީގައި ޕީޖީ އޮފީހުން އެދިފައިވަނީ އެކަމުގައި އިހުމާލުވި މުއައްސަސާގެ މައްޗަށް ތަހުގީގު ހިންގުމަށެވެ.
ކޯޓުން ޕާސްޕޯޓު ހިފަހައްޓާފައިވާ ދެ ބިދޭސީއަކު ފުރުވާލި މައްސަލަ ތަހުގީގު ކުރުމަށް އެންއައިސީއަށް ހުށަހަޅާފައިވާއިރު ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ޤައުމުގައި ހަަމައަކަށް އެޅެންޖެހޭ މުހިންމު ބައެއް ކަންކަން އެބަހުރި ކަމަށެވެ.
ގަވާއިދާ ހިލާފަށް ބިދޭސީން ގެންނަ މިންވަރު އިތުރުވުމާއި ގުޅިގެން މިނިސްޓްރީންވަނީ ބިދޭސީން މަސައްކަތަށް ގެނައުމުގެ އުސޫލުތައް ހަރުދަނާކުރަން ފަށާފައެވެ. އެގޮތުން ޕްރޮޖެކްޓްތަކަށް ދެން ބިދޭސީން ގެނެވޭނީ "ބިދޭސީން ވަޒީފާއަށް ގެނައުމަށް ކޯޓާއަށް އެދި ހުށައަޅާ ޕްރޮޖެކްޓް ފޯމް" ފުރުމަށްފަހުކަމަށްވެސް މިނިސްޓްރީންވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ