ައައްޑޫގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިދާނެ:: އެސްޔޫއެލް

އައްޑޫގެ ގުޅިފައިވާ ރަށްރަށުން ހޮނިހިރު ދުވަހުން ފެށިގެން ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ކޮންމެ ދުވަހަކު އެއް ގަޑިއިރަށް ކަރަންޓް ކަނޑާލަން ޖެހިދާނެ ކަމުގެ އިންޒާރު އެ ހިދުމަތް ދެމުން އަންނަ ސަދަން ޔުޓިލިޓީޒް ލިމިޑެޓް (އެސްޔޫއެލް) އިން ދީފި އެވެ. އެ ކުންފުނިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ގަމަށް ކަރަންޓް ދިނުމަށް ބަހައްޓާފައިވާ ފަސް އިންޖީނުގެ ތެރެއިން ދެ ނަމްބަރު އިންޖީނު ހޮނިހިރު ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް އޮވަހޯލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ. "މިހެންވެ ލޯޑްމަތިވާ ވަގުތުތަކުގައި ލޯޑް ހިފަހައްޓާލެވޭވަރު ނުވެއްޖެ ނަމަ އެކި ސަރަހައްދުތަކުން އެއް ގަޑި އިރަށް ކަރަންޓް ކަނޑާލަން ޖެހިދާނެ ވާހަކަ ކަރަންޓުގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ." އެސްޔޫއެލްގެ އިއުލާނުގައިވެ ބުނެފައިވެ އެވެ. އެސްޔޫއެލް އިން ބުނީ އިންޖީނުގެ މަސައްކަތް ނިމެންދެން ކަރަންޓް ބޭނުން ކުރުމުގައި ކޮންމެހެން ބޭނުން ކުރަން ޖެހޭ ތަކެތި ފިޔަވައި އެހެން އިލެކްޓްރިކް ތަކެތި ބޭނުން ނުކުރުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި އާންމުންގެ އެއްބާރުލުން މިކަމަށް ލިބިއްޖެ ނަމަ ކަރަންޓް ކަނޑާލަން ނުޖެހި ދިއުމަކީ ވެސް ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް ކަމަށް އެސްޔޫއެލްގެ އިއުލާނުގައި ބުނެފައިވެ އެވެ. އެސްޔޫއެލް އިން ކަރަންޓް ކަނޑާލަން ޖެހިދާނެ ކަމުގެ އިންޒާރު ދީފައިވާ އިރު، އައްޑޫގެ ރަށްރަށުން ދޭތެރެ ދޭތެރެ އިން ކަރަންޓް ކެނޑުމަކީ އާންމު ކަމެކެވެ. އަދި މިކަމާ ގުޅިގެން ވަރަށް ގިނަބަޔަކު ޝަކުވާ ވެސް ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ